އަތޮޅު ތެރޭގައި ކޮވިޑް ގެ އަދަދުތައް މަޑުމަޑުން މައްޗަށް!

unnamed.jpg

ރާއްޖޭގެ އަތޮޅުތަކުގައި ކޮވިޑް19 ގެ އެކްޓިވް ކޭސްތަކުގެ އަދަދުތައް މަޑުމަޑުން މައްޗަށް ދަމުން ގޮސް މިއަދު އުޅެނީ 800 އިން މަތީގައި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ހާމަކޮށްފިއެވެ.

އެޗްއީއޯސީ އިން މިއަދު ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު އަތޮޅުތަކުގައި ކޮވިޑް ޕޮޒިޓިވް ކޭސްގެ  އަދަދު އުޅެނީ 860ގަ އެވެ. ޕޮޒިޓިވް މީހުން އެންމެ ގިނައީ ކާށިދޫ އާއި ދުވާފަރުގައެވެ. ކާށިދޫގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 154އެވެ. އެއީ 130 ދިވެހިންނާއި 24 ބިދޭސީއެކެވެ. ދުވާފަރުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 140 އެވެ. އެ ހުރިހާ އެންމެންނަކީ ވެސް ދިވެހިންނެވެ. ތިންވަނަ އަށް އެންމެ އެކްޓިވް ކޭސް ގިނައީ ގދ. ނަޑެއްލާގައެވެ. އެއީ 112 ކޭސްއެވެ. އޭގެތެރޭގައި 110 ދިވެހިންނާއި ދެ ބިދޭސީން ހިމެނެއެވެ.

އަތޮޅުތެރޭގައި ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 803 މީހުންނަކީ ދިވެހިންނެވެ. ބާކީ 57 މީހުންނަކީ ބިދޭސީންނެވެ.

ކޮވިޑާއި ގުޅިގެން މިވަގުތު ރާއްޖޭގެ 17 ރަށެއް މޮނީޓަރިންގެ ހާލަތުގައި އެބަ އޮތެވެ. މޮނީޓަރިންގެ ހާލަތުގައި އޮތް ރަށްތަކުގެ ތެރެއިން އެންމެ ގިނަ ދުވަހު މޮނީޓަރިންގައި އޮތީ ފުވައްމުލަކު ސިޓީއެވެ. އެ ސިޓީ މޮނީޓަރިން އަށް ލާފައި ވަނީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުއެވެ. އިއްޔެ އެ ސިޓީ އިން ކޮވިޑް ޖެހިގެން 94 އަހަރުގެ މީހަކުވެސް ވަނީ މަރުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top