ވެކްސިން ޖެހުމުގައި ބ.އަތޮޅުން ބޮޑު ކުރިއެރުމެއް!

covid-19-vaccine.jpg

ކޮވިޑް- 19 އިން ދިފާއުވުމަށް ރާއްޖޭގައި ހިންގާ ވެކްސިން ޕްރޮގްރާމްގެ ދަށުން ވެކްސިން ޖެހުމުގައި ބ.އަތޮޅުން ބޮޑު ކުރިއެރުމެއް ހޯދައިފި އެވެ.

ހެލްތު މިނިސްޓްރީން އާއްމު ކޮށްފައިވާ ވެކްސިންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ބ.އަތޮޅުގެ 8 ރަށަކުން މިހާ ތަނަށް ވަނީ ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުން ވަނީ ވެކްސިން ޖަހާފައެވެ. އެހެންކަމުން މިއީ ރާއްޖޭގެ އަތޮޅުތަކުގެ ނިސްބަތުން އެންމެ ގިނައިން ވެކްސިން ޖެހޭ އާބާދީގެ މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާ ތިން ވަނަ އަތޮޅެވެ.

ވެކްސިން ޖެހޭ އާބާދީގެ އެންމެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފައި ވަނީ އއ. މަތިވެރިންނާއި ވ. ރަކީދޫންނެވެ. އެ ދެ ރަށުން ވަނީ އާބާދީގެ 99 ޕަސެންޓް މީހުން ވެކްސިން ފުރިހަމަކޮށްފަ އެވެ.

އެންމެ މަދުން ވެކްސިން ޖަހާފައި ވަނީ ގއ. ދާންދޫގަ އެވެ. އެރަށުން ވެކްސިން ފުރިހަމަކޮށްފައި ވަނީ ވެކްސިން ޖެހޭ އާބާދީގެ އެންމެ 13 އިންސައްތަ އެވެ.

ވެކްސިން ޖެހޭ އާބާދީގެ 65 ފަސެންޓް މީހުން ވެކްސިން ފުރިހަމަ ކޮށްފައިނުވަނީ 56 ރަށެއްގަ އެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މީހުން ދިރިއުޅޭ 185 ރަށުގެ ތެރެއިން ކޮވިޑް ވެކްސިން ޕްރޮގްރާމް އެންމެ ކާމިޔާބުކަމާއެކު ހިންގަނީ އއ. އަތޮޅާއި އދ އަތޮޅުގެ އިތުރުން ވ. އަތޮޅާއި ގއ. އަތޮޅުގެ ރަށްރަށުގަ އެވެ.

ރާއްޖެއިން މިހާތަނަށް 274،949 މީހަކު ވަނީ ދެ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކޮށްފަ އެވެ. އަދި 325،060 މީހަކު ވަނީ ފުރަތަމަ ޑޯޒް ޖަހާފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top