އޭދަފުށީގައި ފެރީ ޓާމިނަލެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

231001055_2769294963194766_1741548992008968031_n.jpg

އޭދަފުށީގައި ފެރީ ޓާމިނަލެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު --

އޭދަފުށީ އުތުރު ފަރާތު ބަނދަރު ސަރަހައްދުގައި އަޅަން ފަށާފައި ހުރި ފެރީ ޓާމިނަލް ގެ ޑިޒައިނަށް ބަދަލުގެނެސް އާ ފެރީ ޓާމިނަލެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފި އެވެ.

2015ވަނަ އަހަރު އޮކްޓޫބަރު މަހު 4 ވަނަ ދުވަހު ބިންގާ އެޅި އޭދަފުށީ ފެރީ ޓާމިނަލްގެ މަސައްކަތް ވަނީ ކޮންކްރިޓް މަސައްކަތް ނިންމައި އިތުރަށް ކުރިއަށް ދިއުން ހުއްޓިފައެވެ. މި އިމާރާތް އަޅާފައި ހުރީ އޭދަފުށީ ބަނދަރު ސަރަހައްދުގެ ހުޅަނގު އުތުރު ކަންމަތީގައެވެ

އަނެއކާވެސް އާ ފެރީ ޓާމިނަލެއް އެޅުމުގެ މަސައްކަތް ހަވާލު ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިމި ވަނީ އޭގެ 6 އަހަރު ފަހުން މިއަދު ހެނދުނު 10 ޖެހިއިރު އޭދަފުށީކައުންސިލް އިދާރާ ގައެވެ.

އާ ފެރީ ޓާމިނަލް އަޅަނީ ކުރިން ހުރި އިމާރާތާއި ގުޅިގެން މެދުގައި މަގެއް އޮންނަ ގޮތަށް 60 ފޫޓު އެތެރޭގައި ކަމަށް ކައުންސިލުން މައުލޫމާތު ދެއްވަ އެވެ.

މި ފެރީ ޓާމިނަލްގެ މަސައްކަތް ނިންމުމަށް ހަވާލު ކޮށްފައިވަނީ 3.85 މިލިޔަން ރުފިޔާ އަށް ޓީއޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަށްެވެ. މަސައްކަތް ނިންމަން ޖެހޭ މުއްދަތަކީ 180 ދުވަހެވެ.

ކައުންސިލްގެ މެންބަރު ޒައިދު އަލީ ވިދާޅުވިގޮތުގައި 4900 އަކަފޫޓުގެ 2 ބުރިއަށް އިމާރާތް ކުރާ މިފެރީ ޓާމިނަލްގެ ތިރީގައި ހުންނާނީ 80 މީހުންގެ ޖާގައިގެ ހޯލެއްގެ އިތުރުން 580 އަކަފޫޓުގެ ދެ ތަނެވެ.  މި ދެ ތަނަކީވެސް ފިހާރައެއް ނުވަތަ ގުދަނެއްގެ ގޮތުގައިވެސް ބޭނުން ކުރެވިދާނެ ދެ ތަން ކަމަށް ޒައިދު ވިދާޅުވި އެވެ. މީގެ އިތުރުން ދެ ފާޚާނާއާއި ޅަދަރި މައިންނަށް ބޭނުންވާ ޚިދުމަތްވެސް މި ފްލޯ އިން ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މަތީބުރި ޚާއްސަ ކޮށްފައި ހުންނާނީ ވިޔަފާރި އުސޫލުން ކުއްޔަށް ދޫކުރާ ރެސްޓޯރެންޓް ނުވަތަ ކެފޭ އަކަށެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top