އިންވެސްޓަރުން ނުލިބުމުން ތުޅާދޫ އެއާޕޯޓު ހެދުމުގެ އަގުކުޑަކޮށްފި

big_7g181AwqIXi4TqfgxJDWzJ2j1.jpg

ތުޅާދޫ

ތުޅާދޫ އެއާޕޯޓު ހަދަން އިންވެސްޓަރުން ނުލިބުމުން އަލުން އެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން މިދިޔަ ޑިސެމްބަރު މަހުގެ ތެެރޭގައި ނެރުނު އިއުލާނެއްގައި އެ އެއާޕޯޓަކަށް ބިޑް ކުރެވޭނެ އެންމެ ކުޑަ އަގެއް ކަމަށް ބުނެފައި އޮތީ ފަސް މިލިއަން ޑޮލަރެވެ. ނަމަވެސް މިއަދު ކުރި އިއުލާނުގައި އެ އަދަދު ވަނީ ތިން މިލިއަން ޑޮލަރަށް ކުޑަކޮށްފައެވެ.

ތުޅާދޫގެ އިތުރުން ފަސް ރަށެއްގެ އެއާޕޯޓު ހަދައިދޭންވެސް ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީ އެ އެއާޕޯޓުތައް ހެދުމުގެ އަގުވެސް ވަނީ ހެޔޮކޮށްފައެވެ.

އެއާޕޯޓްތަކުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ކުރިން ކުރި އިއުލާނުގައި ބުނީ އެއާޕޯޓްގެ މަޝްރޫއުއަށް ޝައުގުވެރިކަން ފާޅުކުރުމުގައި އެއާޕޯޓެއް ތަރައްގީކުރަން ފައިނޭންސް ކުރުމަށް އެންމެ މަދުވެގެން ހުށަހެޅޭނެ އަދަދަކީ ފަސް މިލިއަން ޑޮލަރު ކަމަށެވެ.

އިއްޔެ ކުރި އިއުލާނުގައި ވާގޮތުން އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ފައިނޭންސް ހަމަޖެއްސުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމާ އެކު އެ މަޝްރޫއުގެ ބައެއް ފައިނޭންސް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ވެސް އެ ފުރުސަތު ވަނީ ދީފައެވެ. ނަމަވެސް ކުރިން ކުރި އިއުލާނުގައި ބުނެފައިވަނީ މުޅި އެއާޕޯޓު ފައިނޭންސް ކުރަން ހުށަހެޅިދާނެ ކަމަށެވެ.

ސަރުކާރުގެ މި އަހަރުގެ ބަޖެޓުގައި އެއާޕޯޓުތައް ތަރައްގީ ކުރަން 263 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. ތުޅާދޫ އެއާޕޯޓަށް ކަނޑައަޅާފައިވަނީ 21.9 މިލިއަން ޑޮލަރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top