އޭދަފުށި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓިން ކައްކަން ދަސްކޮށްދޭ ކޯހެއް ފަށައިފި

DSCN0606.jpg

އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާކޮމިޓީން އޭދަފުށީ އަންހެނުންނަށް އަމާޒުކޮށްގެން ކައްކަން ދަސްކޮށްދޭ ކޯހެއް ހިންގަން ފަށައިފިއެވެ.

50 ބައިވެރިންނާއެކު ފެށި މިކޯހުގައި ކިޔަވައިދެއްވަނީ ރާއްޖޭގެ މަޝްހޫރު ޝެފް، އަދި ކެއްކުމާ ބެހޭ ގިނަ ފޮތްތަކެއް ލިއުއްވައި ޝާއިއު ކުރައްވާފައިވާ ޖުވޭރިޔާ ވަޖްދީއެވެ.

އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ބުނީ މިއީ ހަތް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޯހެއްކަމަށާއި މި މުއްދަތުގެ ތެރޭގައި 200 އަށްވުރެ ގިނަ ވައްތަރުގެ ކެއުން ތައްޔާރު ކުރާނެ ގޮތް މި ކޯހުގެ ބައިވެރިންނަށް ދަސްކޮށްދޭނެ ކަމަށެވެ.

”ކެއްކުމަކީ އަޅުގަނޑުމެން އަންހެނުންގެ އެންމެ މައިގަނޑު މަސައްކަތް. އެހެންނަމަވެސް ޒަމާނުއްސުރެ އަޅުގަނޑުމެންގެ ކާގެތަކުން ފެންނަމުން ދަނީ މަދު ވައްތަރު ތަކެއް. އެކަން ބަދަލުކޮށް އާވައްތަރުތަކެއް ތައާރަފު ކުރުމުގެ ގޮތުން މިފަދަ ކޯހެއް ހިންގަން ހިޔާލު ކުރެވުނީ.” ކޯސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޓީގެ ރައީސާ ޒީމާ އިބްރާހީމް ވިދާޅުވި އެވެ.

އަދި، ކޯހުގައި ބައިވެރިވުމަށް ހުޅުވާލުމުން ހީނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށާއި އެކަމަކު ޖާގަ ވަކިވަރަކަށް ލިމިޓް ކުރެވިފައިވާތީ ފުރުސަތު ނުލިބުނު ކަނބަލުންގެ އަރިހުން އޭނާ މައާފަށް އެދިވަޑައިގެންނެވިއެވެ.

އޭދަފުށީ އަންހެނުންގެ ކޮމިޓީން މިހާރު ތައްޔާރުވަމުން ދަނީ ބައިނަލް އަގްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށެވެ. މިދުވަސް ފާހަކަކުރުމުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ އެއް ހަފްތާއަށް ދެމިގެންދާ ގޮތަށް މާޗްމަހުގެ ތިންވަނަ ދުވަހުވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top