ސާވިސްޗާޖް އަދި މިނިމަމް ވޭޖަށް އަމަލުކުރޭތޯ މަޖިލީހުން ބަލަނީ

big_2L8kkSrKqVBrmQKWDXTITx8VK-800x600-800x600.jpg

ރިސޯޓެއްގައި ވަޒީފާ އަދާ ކުރާ މުވައްޒަފުން ތަކެއް މުޒާހަރާއެއްގައި - ފޮޓޯ :ޓީމް

ރިސޯޓުތަކުން ސާވިސް ޗާޖާއި މިނިމަމް ވޭޖް ދިނުމުގައި ގާނޫނާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ލޭބަ ރިލޭޝަންސް އޮތޯރިޓީ ހާޒިރުކުރަން ނިންމައިފި އެވެ.

މިއަދު އެ ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައި މިކަން ބެލުމަށް ހުށަހެޅީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ދީދީ އެވެ. ތާއީދުކުރެއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.

މެންބަރު ހުސެއިން މުހައްމަދު ދީދީ ވިދާޅުވީ، މިނިމަމް ވޭޖަށް އަމަލުކުރަން ފެށިތާ މަހެއް ވީ އިރު ރިސޯޓުތަކުން މިކަން ކަމަށް އަމަލުކުރަނީ ކިހާވަރަކަށްތޯ ބެލުން ވަރަށް މުހިއްމު ކަމަށާއި ގާނޫނުން މިކަންކަން ބެލުމަށް މަތިކޮށްފައި ވަނީ ލޭބާ ރިލޭޝަންސް އޮތޯރިޓީ ކަމަށްވާތީ އެ އިދާރާގެ މެންބަރުން މިކަމަށް އަމަލުކުރަނީ ކިހާ ވަރަކަށްތޯ ބެލުން މުހިއްމު ކަމަށެވެ.

މީގެ އިތުރުން ސާވިސް ޗާޖު ދިނުމުގައި ވެސް ބައެއް ރިސޯޓު ތަކުން އޮޅުވާލާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

އޭނާ ވިދާޅުވީ ބައެއް ރިސޯޓުތަކުން އެހެން ކުންފުންޏެއްގެ ނަމުގައި ރިސޯޓު މުވައްޒަފުން ނަގާ ކަމަށް ޝަކުވާތައް ހުށަހެޅިިފައިވާ ކަމަށާ މިފަދަ މައްސަލަތަކުގައި ލޭބާ އޮތޯރިޓީން ކުރަމުންގެންދާ މަސައްކަތްތައް ބެލުން ވަރަށް މުހިއްމު ކަމަށެވެ.

ރާއްޖޭގެ ގިނަ ރިސޯޓުތައް ގިންތި ކުރެވިފައިވަނީ އެންމެ ބޮޑެތި ވިޔަފާރިތަކުގެ ލިސްޓުގައި ކަމުން އެތަންތަނުގައި ވަޒީފާއަދާކުރާ އެންމެ އާދައިގެ މުވައްޒަފުންނަށް ވެސް 8،000ރ. މިހާރު ލިބެން ޖެހޭނެ އެވެ.

ރާއްޖޭގައި 150 އެއްހާ ރިސޯޓު ހިންގަމުން ދާއިރު 16،000 ވުރެ ގިނަ ދިވެހިން ވަޒީފާ އަދާކުރެ އެވެ. މިނިމަމް ވޭޖާ އެކު އެ އެންމެންގެ މުސާރަ ވެސް ބޮޑުވާން ޖެހެ އެވެ.

މިނިމަމް ވޭޖާ އެއްގޮތަށް ގިނަ ރިސޯޓުތަކުން މުސާރަ ދިން ނަމަވެސް ބައެެއް ތަންތަނުން އެކަމުގައި އޮޅުވާލާފައިވާ ކަމަށް ބައެއް ރިސޯޓު މުވައްޒަފުން ބުނެފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top