ފެހެންދޫގައި އަންހެނަކާ ކުޑަކުއްޖަކާ ބެހެންއުޅުނު ބިދޭސީންތަކެއް ހައްޔަރުކޮށްފި

DSCN2174.jpg

ފެހެންދޫ - ފޮޓޯ : އީވީ

 

ބ.ފެހެންދޫގައި  އަންހެންކާ ކުޑަކުއއްޖަކާްއެކު ގަދަކަމުން ބަދު އަޚްލާގީ އަމަލު ހިންގަން އުޅުނު ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، ބަންގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 37 އަހަރުގެ މީހަކާއި 33 އަހަރުގެ މީހެކެވެ. މި ދެމީހުންނަކީވެސް ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ ދެމީހުންނެވެ.

“ފުލުހުންގެ އޮފިޝަލް ވިދާޅުވީ، ހައްޔަރުކުރި ދެ ބިދޭސީންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވަނީ، މި ޖޫން މަހުގެ 14 ވަނަ ދުވަހުގައި، ކުޑަކުއްޖަކާއެކު ގަދަކަމުން ޖިންސީ ގުޅުން ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ގައި ކަމަށާ ދެވަނަ މީހާ ހައްޔަރުކުރީ، 58 އަހަރުގެ އުމުރުން ދުވަސްވީ ދިވެހި އަންހެނަކާއެކީގައި ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގަން އުޅުނުކަމުގެ ތުހުމަތުގައި މިދިޔަ ހަފްތާގެ ބުދަ ދުވަހުގައި ކަމަށެވެ.”  “ވަގުތު” އޮންލައިން ގައި ލިޔެފައިވެއެވެ.

މި ދެ މައްސަލާގައި ހައްޔަރުކުރި ދެ ބިދޭސީންގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ.

ފުލުހުން މިހާރު އަންނަނީ މި ދެމައްސަލަ ތަހުޤީޤު ކުރަމުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top