މޫސުން ގޯސްވެ ރާއްޖޭގެ ބޮޑުބަޔަކަށް ވައިޓް އެލާޓް!

IMG_20220514_120640345.jpg

މޫސުން ގޯސް ދުވަހެއް

ރާއްޖޭގެ މޫސުންގޯސްވެ، ށ.އަތޮޅުން ފެށިގެން ތ.އަތޮޅާއި ހަމައަށް މޫސުމާބެހެ ގައުމީ އިދާރާ (މެޓް އޮފީސް ) އިން ވައިޓްއެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ވައިޓްއެލާޓް ނެރެފައިވަނީ މިރޭ 20:00 އިން ފެށިގެން ދަންވަރު 2:00 އާއި ހަމައަށެވެ

މެޓް އޮފީހުން ބުނީ، މި ވަގުތު ތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން، އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ވިލާގަނޑުގައި ގަނޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މި ސަރަހައްދު ތަކަށް ވައިޓް އެލާޓް ނެރެފައިވާއިރު، މާދަމާ ހެނދުނު 6:00 އާއި ހަމައަށް އުތުރާއި މެދު ރާއްޖެ ތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާ ކޮށްފައެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް ލަފާ ކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top