އެމް7 ގެ އަހަރީ ހަފްލާ ބާއްވައިފި

ކހު.jpg

ބ.އަތޮޅަށް ޚިދުމަތް ކުރުމުގައި އުމުރުގެ ބޮޑުބައި ހޭދަކުރެއްވުމަށްފަހު ރިޓަޔަރ ވެފައިވާ ބ.ހިތާދޫ ކުރީގެ ކަތީބު އަބްދުއްސައްތާރު އިބްރާހީމްގެ އާއިލީ މަސްލަހަތު އޮންނަ އެމް 7 ގްރޫޕްގެ އަހަރީ ހަފްލާ ބާއްވައިފި އެވެ.

މި ހަފްލާ ބާއްވާފައިވަނީ ތިން އަހަރުގެ މެދުކެނޑުމަށްފަހު މިދިޔަ ހުކުރުދުވަހުގެ ރޭ މާލޭގައެވެ.

އެމް7 ގްރޫޕުގެ އިސް ބޭފުޅުންނާއި ކުންފުނީގެ މުވައްޒަފުންގެ އިތުރުން ކުންފުނީގެ ޕާޓްނަރުން ބައިވެރިވި މި ހަފްލާގައި އެމް7 އަށް ގިނަ ދުވަހު ޚިދުމަތް ކޮށްދީފައިވާ މުވައްޒަފުންނާއި އެކި ގޮތްގޮތުން ފާހަގަކުރެވޭ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ވަނީ އެވޯޑު ދީފައެވެ.

އެމް7 ގެ މެނޭޖަރުގެ މަގާމުގައި ހުންނަވަނިކޮށް ނިޔާވި އަހުމަދު ނާޝިދުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެމަރުހޫމަށް ދެއްވި ހަނދާނީ ފިލާ އާއި ހަވާލުވެލެއްވީ ކޮއްކޮ ، ނަޖްލާ އާއި އަލީ ނާޝިދު .

އޭގެ އިތުރުން އެމް7 ގެ މެނޭޖަރު ގެ މަގާމުގައި ހުންނަވަނިކޮށް މިދިޔަ އަހަރު ކުއްލި ގޮތަކަށް ނިޔާވި އޭދަފުއްޓަށް ނިސްބަތްވާ މ.ހިންޓަން އަހްމަދު ނާޝިދުގެ ހަނދާނުގައި އެހަފްލާގައި ވަނީ އެއްމިނިޓުގެ ސުކޫތެއްއް ގެނެސްފައެވެ. އަހުމަދު ނާޝިދު އެކުންފުންޏަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެހަފްލާގައި ވަނީ ހަނދާނީ ފިލާ ހަވާލު ކޮށްފައެވެ. ހަނދާނީ ފިލާ އާއި ހަވާލުވެލެއްވީ އަހުމަދު ނާޝިދުގެ ކޮއްކޮ އަލީ ނާޝިދެވެ.

އެމް7 އުފައްދާފައިވަނީ 1996 ވަނަ އަހަރު އެސްއެމް ސްޓޭޝަނަރީގެ ނަމުގައެވެ. އެންމެ ފޮޓޯ ކޮޕީ މެޝިނަކާއެކު ފެށި އެ ކުންފުނީގެ މަސައްކަތްތައް ފުޅާކޮށް ސްޓޭޝަނަރީއާއި އެކިވައްތަރުގެ ފޮތް ވިއްކުމަށް އެމް7 ބޫކްސްގެ ނަމަށް ނަން ބަދަލު ކޮށްފައިވަނީ 2003 ގައެވެ. މިހާރު ރާއްޖެއަށް މަޝްހޫރު، އިތުބާރު ބޮޑު އެއް ކުންފުނީގެ ގޮތުގައި “ގޯލްޑް 100” ގެ ކޯޕަރޭޓް ގަވަނަންސް އެވޯޑްވެސް ލިބިފައިވާ އެމް7 ޕްރިންޓްސް އުފެއްދީ 2007 ވަނަ އަހަރެވެ.

ޕްރިންޓިންގއާ ގުޅުންހުރި ތަފާތު ގިނަ ޚިދުމަތްތައް ދެމުން އަންނަ އެމް7 ގެ ދަށުން ހަތަރު ވިޔަފާރިއެއް ކުރިއަށްގެންދެއެވެ. އެއީ އެމް7 ޕްރިންޓްސް އާއި އެމް7 ބުކްސްޓޯރާއި އަލްފަލާހު ޕޭޕާސް އާއި އެމް7 މީޑިއާއެވެ.

އަހަރީ ހަފްލާގައި އެމް7 ގްރޫޕުގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު އަބްދުއްސައްތާރު ވިދާޅުވީ ކޮވިޑާ ގުޅިގެން ފާއިތުވި 3 އަހަރު ދުވަހު އެ ކުންފުންޏަށް ގިނަ ގޮންޖެހުންތައް ކުރިމަތިވި ކަމަށާއި އެކަމަކު ކުރިއަށްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އެކަން ކުރެވޭނީ ކުންފުނީގެ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށާއި ރާއްޖޭގެ ލީޑިންގ ބްރޭންޑެއްގެ ގޮތުގައި އެމް7 ކުރިއަށްދިއުމަކީ އުއްމީދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީ. އަބްދުއްސައްތާރު އިތުރަށް ވިދާޅުވީ ވަނީ އެމް7 ގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށް އޮތްތަނުގައި ލޯޔަލްޓި ކާޑެއް ތައާރަފު ކުރާނެ ކަމަށާއި މި ކާޑު ބޭނުންކޮށްގެން އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަ ޑިސްކައުންޓުތައް ލިބިގެންދާނެކަމުގައެވެ.

މީގެ އިތުރުން ކޮންމެ އަހަރަކުވެސް ކުންފުނީގެ ދިވެހި މުވައްޒަފުންގެ ތެރެއިން މަދުވެގެން އެއް މުވައްޒަފަކަށް އުމްރާ ދަތުރެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމް7 އިން ތަފާތު ގިނަ ޚިދުމަތްތައް ފޯރުކޮށްދެމުން އަންނައިރު އިތުރު ޕްރޮޑަކްޓުތަކާއި ޚިދުމަތްތައް ތައާރަފު ކުރުމަށް ވެސް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޑީ. ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top