ރޯދައަށް އެސްޓީއޯ އިން ގެނައި ފިޔާ، އަލުވި، ބިސް ވިއްކާނެ އަގުތައް ހާމަކޮށްފި

onions-and-potato-850x548.jpg

އަންނަ ރޯދަ މަހު، އެސްޓީއޯ އިން އަލުވި، ފިޔާ، ބިސް ރާއްޖެއަށް އެތެރެކޮށް ވިއްކާނެ އަގުތައް މިއަދު ހާމަކޮށްފި އެވެ.

އެސްޓީއޯ އިން ބުނީ ރޯދަ މަސް ނިމެންދެން ފިޔާ ކިލޯ އެއްގެ އަގު 14ރ.ގައި ހިފެހެއްޓޭނެ ކަމަށާއި ފިޔާ ބަސްތާއެއް އެސްޓީއޯއިން 300ރ.އަށް ގަންނަން ލިބޭނެ ކަމަށެވެ. އަދި އަލުވި ކިލޯއެއް 13ރ.އަށް ވިއްކަމުން ގެންދާއިރު ބަސްތާއެއްގެ އަގަކީ 280ރ.އެވެ. ކުކުޅު ބިހެއްގެ އަގު 1.75ރ.ގައި ހުންނައިރު ބިސްކޭހެއްގެ އެސްޓީއޯ އަގަކީ 300ރުފިޔާއެވެ.

ރޯދަ މަހަށް ކާބޯތަކެތީގެ އަގުތައް އުފުލޭތީ ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް އެސްޓީއޯއިން އަންނަނީ ފިޔާ އަލުވި ބިސް އެތެރެކޮށް ރައްޔިތުންނަށް އަގުހެޔޮކޮށް ވިއްކަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top