ކޮވިޑް-19: އުސޫލާ ޚިލާފަށް އޭދަފުއްޓަށް އައި މީހަކު 1000ރުފިޔާއިން ޖުރުމަނާކޮށްފި

IMG_20200929_123943379.jpg

އޭދަފުށީ ބަނދަރުމަތި

ކަނޑައަޅާފައި އޮޮންނަ އުސޫލުގެ ބޭރުން ގެސްޓްހައުސް ހިންގާ ރަށަކުން އޭދަފުއްޓަށް ދަތުރު ކުރި މީހަކު މީހަކު 1000ރުފިޔާއިން ޖުރުމަނާކޮށް ކަރަންޓީނު ކޮށްފިއެވެ.

ރޭ އޭދަފުއްޓަށް އައި މިމީހާ މިހާރު ހުރީ އެޗްޕީއޭ ގެ ލަފާގެ މަތިން އޭދަފުށީގައި ކަރަންޓީނު ކޮށްފައި ކަމަށް އޭދަފުށީ ކައުންސިލުން ބުންޏެވެ.

އެޗްޕީއޭގެ އުސޫލު އޮންނަ ގޮތުން ގެސްޓްހައުސް ހިންގާ ރަށްރަށުން އެހެން ރަށަކަށް ދާނަމަ ގެސްޓްހައުސް ހިންގާ ރަށުގައި ކޮވިޑް-19ގެ ކޭސްއެއް އޮތަސް ނެތަސް ކަރަންޓީނުވާން ޖެހެ އެވެ.

އެެހެންނަމަވެސް މި ކަމުގައި އިސްތިސްނާ ވާ ހާލަތެއްވެސް އޮވެއެވެ. އެއީ ޒަރޫރީ ބޭނުމެއްގައި ކަމަށްވާނަމަ ގެސްޓްހައުސް ހިންގާ ރަށަކުން ގެސްޓްހައުސް ނުހިންގާ ރަށަކަށް ދަތުރުކުރާއިރު ކަރަންޓީނު ވާކަށް ނުޖެހެއެވެ. ޒަރޫރީ ބޭނުމެއް ކަމުގައި ބެލެވެނީ، ސިއްހީ ފަރުވާ ހޯދުން، ބަލި ހާލަތުގައި އޮތް އާއިލީ މީހަކަށް ޒިޔާރަތް ކުރުން، ބޭންކުން ޚިދުމަތް ހޯދުން، ކޮންމެ ދުވަހަކު ސްކޫލަށް ހާޒިރުވުން، މައްސަލަތަކުގައި ކޯޓަށް ހާޒިރުވުމުގެ އިތުރުން، ވިޔަފާރި ބޭނުމަށެވެ. ވިޔަފާރި ބޭނުމަށް ދަތުރުކުރާއިރު، އެ މީހަކަށް ހުއްދަ ލިބިގެން ވަނީ ރަށުގެ ރައްޔިތުން ނޫޅޭ ސަރަހައްދު ތަކުގައި ނުވަތަ ބަނދަރު މަތީގައި ހަރަކާތްތެރި ވުމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top