އޭދަފުށިން މިއަދު 6 މީހުން ޕޮޒިޓިވް !

DSCN9334-1-800x504-800x504.jpg

.ބ.އަތޮޅު ހޮސްޕިޓަލުގައި ގާއިމްކޮށްފައި ހުންނަ ރީޖަނަލް ކޮވިޑް ސެންޓަރު--ފޮޓޯ :އީވީ

އޭދަފުށީގައި ހޯމް ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ކޮވިޑް 19 ގެ އަލާމާތްތައް ފެނިގެން މިއަދު ޓެސްޓް ހެދި 6 މީހުންވެސް ޕޮޒިޓިވް ވެފައިވާ ކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.

މިއީ އެއް ދުވަހެއްގައި އެންމެ ގިނަމީހުން އޭދަފުށީން ޕޮޒިޓިވް ވީ ފުރަތަމަ ފަހަރެވެ.

މި ހަ މީހުންގެ ތެރޭގައި އަންހެނުންނާ ކުޑަކުދިންވެސް ހިމެނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ އެއް އާއިލާއެއްގެ 6 މީހުންނެވެ. މި އާއިލާ ކޮވިޑްއަށް ޕޮޒިޓިވް ވީނަމަވެސް އެންމެންގެ ހާލުވެސް ރަނގަޅެވެ.

ކޮވިޑްގެ ހާލަތު ދުވަހުން ދުވަހަށް ރާއްޖޭގައި އިތުރު ވަމުން އަންނައިރު ސަރުކާރުން އަންނަނީ ރައްކާތެރި ވުމުގެ ގޮތުން ފިޔަވަޅުތައްވެސް ވަރުގަދަ ކުރަމުންނެވެ. އެގޮތުން މާލެ ސަރަހައްދުގައި ހަވީރު 6 އިން ފެށިގެން ހެނދުނު 6 އާ ހަމައަށް އެއްގަމު އުޅަނދު ދުއްވުން މިހާރުވަނީ މަނާކޮށްފައެވެ. އަދި އެއްފަހަރާ 10 (ދިހައެއް) މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެއުޅުން ވެސް ވަނީ މަނާކޮށްފަ އެވެ.

ކޮވިޑް ބާރަށް ފެތުރެމުން އަންނަ އައްޑޫ ސިޓީއާއި ފުވައްމުލަކުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައްވަނީ ވަރުގަދަ ކޮށްފައެވެ. އެގޮތުން އައްޑޫސިޓީގައި ރޭގަނޑު އަށަކުން ފެށިގެން ކާފިއު އިއުލާނު ކޮށްފައިވާއިރު އެއްގެއިން އަނެއް ގެއަށް ދިއުން ވެސް ވަނީ މަނާކޮށްފައެވެ. އަދި ސްކޫލު، ކޮލެޖު ޔުނިވާސިޓީތަކުގެ ކިޔެވުން ބަންދުކޮށް ހޮޓާ ރެސްޓޯރެންޓުތަކުން ޑެލިވަރީގެ ހިދުމަތް ފިޔަވައި އެހެން ހިދުމަތްތައް ދިނުންވެސް ވަނީ ހުއްޓާލައިފައެވެ.

ރާއްޖޭގައި ކޮވިޑު ޖެހުނު މީހުންގެ ޖުމްލަ 17،507 އަށް އަރާފައިވާ އިރު މިވަގުތު 2،302 މީހަކަށް ދަނީ ބައްޔަށް ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 206 މީހުން ތިބީ ހޮސްޕިޓަލުގަ އެވެ. ބަލީގައި މަރުވި މީހުންގެ ޖުމްލަ 58 އަށް އަރާފައިވާ އިރު 15،142 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top