ޒޯން 3ގެ ފައިނަލަށް ފެހެންދޫ ހިނގައްޖެ

DSCN1983.jpg

ފެހެންދޫ ޓީމް

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން ތިނެއްގައި މިއަދު ހަވީރު ފެހެންދޫ އާއި ނައިފަރު ބައްދަލު ކުރި މެޗު ދެޓީމަށްވެސް ލަނޑެއް ނުޖެހި އެއްވަރު ވުމުން  އެއްވަނަ ޓީމުގެ ގޮތުގައި ބ. ފެހެންދޫ، ޒޯން ތިނެއްގެ ފައިނަލަށް ހިނގައްޖެއެވެ.

އަމިއްލަ ރަށުގައި ކުޅުނު މި މެޗުން ނައިފަރު މޮޅު ނުވުމުން ފެހެންދޫއާއެކު ފައިނަލުގައި ވާދަކުރާނީ ރ. މީދޫ އެވެ.

ފެހެންދޫ ކުޅުނު ދެމެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. މީދޫއަށް ތިން ޕޮއިންޓެވެ. ނައިފަރަށް އެންމެ ޕޮއިންޓެކެވެ.

މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ  ހޯމަ ދުވަހު ނައިފަރު ދަނޑުގައެވެ. މިއީ މި ދެޓީމުގެ ޒޯން މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top