ބީއެމްއެލް އިސްލާމިކުން ”މާސްޓަރކާޑް ބިޒްނަސް ޑެބިޓް ކާޑު“ ތައާރަފްކޮށްފި

img_md_202204170124431650183883.4788.jpeg

ބީއެމްއެލް އިސްލާމިކްއިން ބިޒްނަސް ކަސްޓަމަރުންނަށް ހާއްސަކޮށް މުޅިން އައު ޕޭމަންޓް ސޮލިއުޝަނެއްގެ ގޮތުގައި މާސްޓަރކާޑު ބިޒްނަސް ޑެބިޓް ކާޑު ތައާރަފްކޮށްފިއެވެ.

އަލަށް ތައާރަފް ކުރެވުނު ކާޑުން ފަސޭހަކަމާއެކު ބިޒްނަސް އެކައުންޓް ބޭނުންކުރުމާއި، ވިޔަފާރީގެ ހަރަދުތައް ބެލެހެއްޓުމާއި އަދި ނަގުދު ފައިސާއިން ކުރާ މުއާމަލާތްތައް ބަލަހައްޓަން ފަސޭހަވެގެންދާނެކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ކުރިއަރަމުންދާ ވިޔަފާރިތަކަށް އެހީވުމަށް އެންމެ އެކަށޭނެ ބޭންކިންގ ހައްލުތައް ހޯދައިދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން އައު ޕޭމަންޓް ނިޒާމެއް ތައާރަފް ކުރެވުމަކީ ބޭންކަށް ލިބޭ އުފަލެއްކަމަށެވެ. އަލަށް ތައާރަފްކުރެވުނު މާސްޓަރކާޑު ބިޒްނަސް ޑެބިޓް ކާޑަކީ ވިޔަފާރިތަކުން ޑިޖިޓަލް ހިދުމަތްތައް ބޭނުންކުރުމަށް އެހީވެ އަދި ގިނަ ވިޔަފާރިތަކުން ބޭނުންވާފަދަ ކޭޝްލެސް ޕޭމަންޓްގެ ހިދުމަތް ބޭނުންކުރުމަށް މަގުފަހިކޮށްދިނުމަށް ބީއެމްއެލް އިސްލާމިކް އިން ތައާރަފް ކުރެވުނު ހިދުމަތެއްކަމަށް ޓިމް ސޯޔަރ ވިދާޅުވިއެވެ.

މިއަދު ތައާރަފިކުރި މިކާޑާ ގުޅޭ ގޮތުން ބީއެމްއެލްއިން ބުނެފައި ވަނީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް މި ކާޑު ބޭނުންކުރެވޭނެ ކަމަށެވެ. ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ އެހެނިހެން ކާޑުތަކެކޭ އެއްފަދައިން އަލަށް ތައާރަފް ކުރެވުނު މާސްޓަކާޑު ބިޒްނަސް ޑެބިޓް ކާޑުގައިވެސް އެންމެ ފަހުގެ ސެކިއުރިޓީ ފީޗާސްތައް އެކުލެވެއެވެ.

ބީއެމްއެލް އިސްލާމިކް ބިޒްނަސް ޑެބިޓް ކާޑާއި ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓުން ލިބޭނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top