ހަރާމް ގޮތުގައި މުދާ ހޯދުމަކީ އުފާވެރިކަމާއި ބާއްޖަވެރިކަން ނެތޭނޭ ކަމެއް: ޚުތުބާ

413454_3_59939527150385d0fd96808baa3cfb1edc71b98a_large-1.jpg

އޭދަފުށި، މަސްޖިދު މުހައްމަދު އަލީ

ޙަރާމްގޮތުގައި މުދާ ހޯދުމަކީ، އަހަރެމެންގެ މުދަލުގެ ބަރަކާތް ކެނޑޭނޭ ކަމެއްކަމަށާއި ޢަމަލުތައް ޤަބޫލު ވެވުމަށް ހުރަސްއެޅޭނޭ ކަމެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދު ޚުތުބާ ޚާއްސަކޮށްފައިވަނީ މުދަލުގެ ހުރުމަތުގެ މައްޗަށެވެ.

ޚުތުބާގައި ބުނީ، އެއްވެސް އިންސާނަކު، އެ އިންސާނަކަށް މާތްﷲ ކަނޑައަޅުއްވާފައިވާ ރިޒުޤު ފުރިހަމަވުމުގެ ކުރިން އޭނާގެ އަޖަލާ ބައްދަލު ނުކުރާނެ ކަމަށެވެ. އަދި، އިންސާނާއަށް މާތްﷲ ދެއްވި މުދަލަކީ ހުރުމަތްތެރިވެގެންވާ އެއްޗެއްކަން ޚުތުބާގައި ހަނދާންކޮށްދީފައިވެއެވެ.

“މާތް ނަބިއްޔާ ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި ވިދާޅުވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. “ހަމަކަށަވަރުން، ތިޔަބައިމީހުންގެ ލެޔާއި މުދަލާއި އަބުރަކީ ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. މިއަދު (އެބަހީ: ޢަރަފާތް ދުވަސް) ޙުރުމަތްތެރިވީ ފަދައިންނެވެ. މި މައްސަރު (އެބަހީ: ޛުލްޙިއްޖާ މަސް) ޙުރުމަތްތެރިވީ ފަދައިންނެވެ. މި ރަށް (އެބަހީ: މައްކާ) ޙުރުމަތްރެރިވީ ފަދައިންނެވެ،” ޚުތުބާގައިވެއެވެ.

ބާތިލު ގޮތުގައި މުދާ ނުހޯދަން ނަސޭހަތްތެރިވަމުން ޚުތުބާގައި ވަނީ ހެޔޮ ގޮތުގައި ވިޔަފާރިކޮށް، ދިރިއުޅުން ބާއްޖަވެރިކުރަން މަސައްކަތްކުރަން މާތްﷲ އަންގަވާފައިވާކަން ހަނދާން ކޮށްދެއްވާފައެވެ.

އަހަރެމެންގެ މުދަލުގައި މާތްﷲ ބަރަކާތް ލައްވާނީ ހަލާލު ގޮތުގައި އެ ތަކެތި ހޯދުމުން ކަމަށާއި ހަރާމް ގޮތުގައި މުދާ ހޯދައިފި ނަމަ އަހަރެމެންގެ އަމަލުތައް މާތްﷲ ގަބޫލުނުކުރައްވާނެ ކަމަށް ޚުތުބާގައި ވަނީ އިންޒާރު ދިނެވެ.

“މުސްލިމް އަޚުންނޭވެ! ޙަރާމްގޮތުގައި މުދާ ހޯދުމަކީ، އަހަރެމެންގެ މުދަލުގެ ބަރަކާތް ކެނޑޭނޭ ކަމެކެވެ. އަދި ޢަމަލުތައް ޤަބޫލު ވެވުމަށް ހުރަސްއެޅޭނޭ ކަމެކެވެ. ދިރިއުޅުމުގައި އުފާވެރިކަމާއި ބާއްޖަވެރިކަންނެތޭނޭ ކަމެކެވެ. ޙަރާމް ގޮތުގައި ހޯދާ ތަނަވަސްކަމަކީ، އެ މީހެއްގެ ރިޒުޤުކަމުގައިވެއްޖެ މީހަކަށް ހުރި އަބާއްޖަވެރިކަމެއްގެ ބޮޑުކަމާއެވެ!” ޚުތުބާގައިވެއެވެ.

ހުތުބާގައި ބުނީ މިއަދު އަހަރެމެންގެ މުޖުތަމަޢުގެ ޙާލާ މެދު ފިކުރުހިންގާ އިރު، އަހަރެމެންނާ ދިމާވާ ގިނަ ދަތިތައް ގުޅިފައިވަނީ، މުދަލާ މެދު ދީނުގައި އަންގަވައިފައިވާ އުޞޫލުތަކަށް އިހުމާލުވުމުން ކަމަށެވެ. އެގޮތުން ކޮރަޕްޝަނާއި، ރިޝްވަތާއި، އަމިއްލަ މަޞްލަޙަތު އިސްކުރުމާއި، އާމްދަނީ ހޯދުމަށް މަސައްކަތްކުރުމަށް ފަސްޖެހުން ފަދަ އެންމެހައި ކަންކަމުން ދުރުހެލިވުމަށް ދީނުގައި ބާރުއަޅުއްވައިފައިވާއިރު އެފަދަ ނޭދެވޭ ނުބައި ކަންކަންމުން ދުރުހެލިވެ ތިބުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top