ދަރަވަންދޫ ސިއްހީ މަރުކަޒު މަރާމާތުކުރުމަށް ބަޔަކާ ހަވާލުކޮށްފި

ދަރަވަންދޫ ހެލްތް ސެންޓަރު

ދަރަވަންދޫ ހެލްތް ސެންޓަރު

ބ. ދަރަވަންދޫ ސިއްހީ މަރުކަޒު މަރާމާތުކުރަން ލަތީފް ކޮސްޓްރަކްޝަނާ ހަވާޅުކޮށްފިއެވެ.

އިއްޔެ ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ދަރަވަންދޫ ހެލްތް ސެންޓަރު މަރާމާތުކުރުމުގެ އެއްބަސްވުމުގައި ލަތީފް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ ހަމްދާން ޝަކީލެވެ. ހެލްތު މިނިސްޓްރީން އެކްޓިން މިނިސްޓަރ މުހައްމަދު ނާޒިމްއެވެ.

މި ސެންޓަރު މަރާމާތު ކުރުމަށް ލަތީފް ކޮންސްޓްރަކްޝަނާ ހަވާލުކުރީ 47 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 1،179،528 ރ. އަށެވެ. ދަރަވަންދޫ ހެލްތް ސެންޓަރު މަރާމާތުކުރުމުގެ ގޮތުން ސެންޓަރުގެ އިމާރާތުގެ ދޮރުތައް ބަދަލުކޮށް އިމާރާތަށްވެސް ބޮޑެތި ބަދަލުތަކެއް ގެނެވޭނެކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

ދަރަވަންދޫ ސިއްހީ މަރުކަޒު މަރާމާތުކުރުމަށް ބަޔަކާ ހަވާލުކުރިއިރު، ބ. އަތޮޅުގެ އިތުރު ރަށްރަށުގެ ހެލްތް ސެންޓަރުތައްވެސް މަރާމާތަށް މީގެ ދުވަސްކޮޅެއް ކުރިން ހުޅުވާލައި، ބިޑް އިވެލުއޭޓް ކުރަމުންދާކަމަށް ހެލްތުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top