ކުދިން ކުށުގެ ވެށިން ދުރުކުރުމުގެ ގޮތުން އޭދަފުށީގައި ކޭމްޕެއް ބާއްވައިފި

980527491.jpg

ފުރާވަރުގެ ކުދިން ކުށުގެ ވެށިން ދުރުކޮށް ޒިންމާާދާރު ދަރިވަރުންތަކެއްގެ ގޮތުގައި ތަރުބިއްޔަތުވުމަށް ބާރުއަޅައިދޭ ހަރަކާތްތަކެއް ހިމެނޭގޮތަށް ފުލުހުންނާ ބ. އަތޮޅު ތައުލީމީ މަރުކަޒު ގުޅިގެން ކޭމްޕެއް ބާއްވައިފިއެވެ.

“އެއިމް ޓު ކާމް” ގެ ނަމުގައި ބ.އަތޮޅު ތައުލީމީ މަރުކަޒުގައި މި މަހުގެ 18 އިން 19 ގެ ނިޔަލަށް ކުރިޔަށް ގެންދިޔަ ކޭމްޕްގައި އެ މަރުކަޒުގެ ގްރޭޑް 8،9 އަދި 11،12 ގެ ދަރިވަރުން ބައިވެރިވެފައިވެއެވެ.

އެ ކޭމްޕްގައި ކުށުގެ ވެށިން ދުރުވުމަށް ކުދިންގެ ފެންވަރު ކުރެވޭނެ އަދި އެހެން މީހުން ކުށުގެވެށިން ދުރު ކުރުމަށް ކުރެވޭނެ ކަންކަން އޮޅުން ފިލުވައިދީފައިވެއެވެ.

މީގެ އިތުރުން ބައެއް މުހިއްމު ޤާނޫނުތަކާ ބެހޭ މައުލޫމާތު ދީފައިވެއެވެ. އެގޮތުން ޢާއްމު އިޖުތިމާޢީ މިންގަނޑުގެ ޤާނޫނާއި އެއްގަމު ދަތުރުފަތުރުގެ ޤާނޫނުފަދަ މުހިއްމު ޤާނޫނުތަކާގުޅޭގޮތުން ދަރިވަރުން އޮޅުން ފިލުވަން ބޭނުންވާ މަޢުލޫމާތު އޮޅުންފިލުވައިދީފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top