މެސީއަށް ބޮޑުބޭބެ ކިޔާ ކުއްޖަކު ބާސެލޯނާގެ އެކަޑަމީގައި

މެސީއަށް ބޮޑުބޭބެކިޔާ އޮގަސްޓިން ފުޓްބޯޅަ ކުޅެނީ / ފޮޓޯ: އިންޓަނެޓް

މެސީއަށް ބޮޑުބޭބެކިޔާ އޮގަސްޓިން ފުޓްބޯޅަ ކުޅެނީ / ފޮޓޯ: އިންޓަނެޓް

މެސީއަށް ބޮޑުބޭބެ ކިޔާ ކުއްޖަކު ބާސެލޯނާގެ އެކަޑަމީގައި ފަރިތަކުރުންތައް ފަށައިފިއެވެ.

މެސީގެ ބޭބެ، ރޮޑްރިގޯގެ ދަރިފުޅު އޮގަސްޓިން ފުރަތަމަ ފަހަރަށް ޓްރެއިންގައި ބައިވެރިވީ މި ހަފްތާގައެވެ. ބާސެލޯނާ ނިސްބަތްވާ ކެޓަލަންގެ އެފް.ސީ.ބީ އެސްކޯލާ ސްކޫލްގައި އޮގަސްޓިން ފަރިތަކުރުންތައް ފެށިއިރު އޭނާގެ އުމުރުކީ 6 އަހަރެވެ. ރިޕޯޓްތައް ބުނާގޮތުން އޮގަސްޓިންގެ ފަރިތަކުރުންތައް ބެލުމަށް ބައްޕަ ރޮޑްރިގޯ އެތަނަށް ދިޔައެވެ.

އެފް.ސީ.ބީ އެސްކޯލާއަކީ ޒުވާން ކުޅުންތެރިން އުފެއްދުމަށް ބާސެލޯނާއިން ކުރިއަށް ގެންދާ ސްކޫލެކެވެ. މި އެކަޑަމީން ޖާގަލިބެނީ އުމުރުން 6 އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިންނަށެވެ. މިގޮތުން ސްޕެއިންގެ އިތުރުން އިންޑިއާގެ ނިއުދެއްލީއާއި ބްރެޒިލްގައިވެސް މި އެކަޑަމީ ކުރިއަށް ގެންދެއެވެ.

މީގެ ކުރިން މި އެކަޑަމީން ތަމްރީނުވި 2 ކުދިންވަނީ ބާސެލޯނާގެ ފުރަތަމަ ޓީމަށް ކުޅެފައެވެ. އެއީ މިހާރު ލޯން އެއްބަސްވުމެއްގެ ދަށުން ސްޕެއިންގެ މަޔޯކާއަށް ކުޅެމުންގެންދާ މާޓި ރިވަރޯލާ އާއި މިހާރު ބާސެލޯނާ ޓީމްގައި ހިމެނޭ ސާޖި ސަމްޕާއެވެ. އޮގަސްޓިންއަށް ބާސެލޯނާގެ ފުރަތަމަ ޓީމަށް ކުޅުމުގެ ފުރުޞަތު ލިބިއްޖެނަމަ ގިނަ ދުވަސްތަކެއް ވަންދެން މެސީގެ ޖާދޫ ދަނޑުމަތިން ފެނުމުގެ ފުރުޞަތު ބޮޑުކަމަށް ކްލަބްގެ ސަޕޯޓަރުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top