ޕެލަސިއޯ ބ.ގޮއިދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2019 : ޗެމްޕިއަން އެފްސީ ކަރާ ބަލިކޮށް ވޮލްވްސް ސެމީއާ ގާތަށް

viber_image_2019-09-03_19-29-18.jpg

ފުޅަދޫ އެފްސީ އާއި ބީއެފް ޔުނައިޓެޑް ޓީމް ،ފޮޓޯއަކަށް ހުއްޓިލައިގެން--ފޮޓޯ:އިބްރާހީމް ނިޔާޒު

ބ.ގޮއިދޫގައި ކުރިއަށް ދާ، ޕެލަސިއޯ ބގޮއިދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2019 މުބާރާތުގައި މިދިޔަ އަހަރުގެ ޗެމްޕިއަން އެފްސީ ކަރާ، 2-3 އިން ބަލިކޮށް ވޮލްވްސް އެފްސީ ސެމީއާއި ގާތަށް ޖެހިލައިފިއެވެ.

މި މެޗުން މޮޅުވުމަށް ވޮލްވްސް އިން ލަނޑު ޖަހާފައިވަނީ އިރުފާން މުހައްމަދު 2 ގޯލު އަދި އިބްރާހީމް ނާފިޒު 1 ގޯލެވެ. މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފައިވަނީ ވޮލްވްސް އެފްސީގެ މެޗުގައި ދެލަނޑު ޓީމަށް ކާމިޔާބު ކޮށްދިން އިރުފާން މުހައްމަދަށެވެ. އެފްސީ ކަރާއިން 2ލަނޑު ވެސް ޖަހާފައިވަނީ އަލީ ނަސީމެވެ. މި މެޗު ކުޅެފައިވަނީ މިއަދު ހަވީރު 5:00 ގައެވެ.

މި މުބާރާތުގެ ތިންވަނަ މެޗުގައި ހަވީރު 4:00ގައި ބައްދަލު ކުރީ ފުޅަދޫ ސްޕޯޓްސް ކްލަބާއި ބީއެފް ޔުނައިޓެޑް އެވެ. 1-9ގެ ބޮޑު ތަފާތަކުން މި މެޗު ކާމިޔާބު ކުރީ ފުޅަދޫ އެފް ސީއެވެ. ފުޅަދޫ އެފްސީއަށް ލަނޑު ޖަހައިދިން ކުޅުން ތެރިންނަކީ އިބްރާހީމް ރިފާޒް 4 ގޯލް ، ޝާހު އިސްމާއީލް 2 ގޯލް އަބްދުﷲ ނިޔާޒު 3 ގޯލެވެ. ބީއެފް ޔުނައިޓެޑް ގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަހުމަދު ތަހުސީން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފުޅަދޫ ފުޓްބޯޅަ އެފްސީގެ އިބްރާހީމް ރިފާޒެވެ.

މާދަމާ ކުރިއަށް ދާނީ ގްރޫޕް ސްޓޭޖް ފަހު ދެމެޗެވެ. ހަވީރު 4:00 ގައި ކުޅޭ ފުރަތަމަ މެޗުގައި ވޮލްވްސް އެފްސީއާއި ދެކޮޅަށް ނުކުންނާނީ ޗެލެންޖާސް ސްޕޯޓްސް ކްލަބެވެ.  5:00ގައި ކުޅޭ ދެވަނަ މެޗުގައި ކަންދަހާރު އެފްސީ އާއި ވާދަކުރާނީ ފުޅަދޫ ސްޕޯޓްސް ކްލަބެވެ.

ގޮއިދޫ ފުޓްސަލް ދަނޑުގައި ކުރިއަށް ގެންދާ މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ޕެލަސިއޯއެވެ.

ކޯ ސްޕޮންސަރުންނަކީ އެމްޕީ ހިސާން، އަހުމަދު އަފްރާހު، ޕިރަމިޑް، ހޮސްބާގް ބިސްޓްރޯ ރެސްޓޯރަންޓް، އޮލިވް ގޮއިދޫ ގެސްޓް ހައުސް، އޯލްޑް ކޮފީ ހައުސް ގޮއިދޫ، ،ތްރީ ހާޓްސް ގެސްޓް ހައުސް ފުޅަދޫ ،ޓްރޮޕިކަލް ވިލެޖް ފެހެންދޫ ، ވައިޓް ލެގޫން ފެހެންދޫ އަދި ހަމަސް އެވެ.

ބެވަރޭޖް ޕާޓްނަރުންނަކީ ކެފޭ ޑި ބީޗް ، ޖޮރޭ ކެފޭ ، އަދި ލެންޓީޒް ގާޑްން އެވެ. މީޑިއާ ޕާޓްނަރަކީ އޭދަފުށި ވޮއިސް އެވެ. އަދި ޓްރެވަލް ޕާޓްނަރަކީ އެޓޯލް ކިއުޓް އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top