ހަށިގަނޑުގައި ގިނަ އަދަދެއްގެ ސަމްސާތަކެއް ތަތްކޮށްލާ އާދަޔާ ހިލާފު މީހެއް!

aae.jpg

ހަށިގަނޑުގައި ގިނަ އަދަދެއްގެ ސަމްސާތަކެއް ތަތްކޮށްލާ އާދަޔާ ހިލާފު މީހެއްގެ ވާހަކަ މީޑީއާގެ ސަމާލުކަމަށް އަތުވެއްޖެ އެވެ.

އެޓިބަރ އެލްޗިޔެވް ނަމަކަށް ކިޔާ މި ފިރިހެން މީހަކީ ބޮކްސިން ޓްރެއިނަރެކެވެ. ނަމަވެސް އޭނާއަށް އެހެން އިންސާނުންނާއި ތަފާތު ހުނަރެއް ވަނީ ލިބިފައެވެ.

އެގޮތުން ގިނަ އަދަދެއްގެ ސަމްސާތަކެއް ހަށިގަނޑުގެ އެކި ތަންތަނުގައި އޭނާ ހަރުކޮށްލަނީ އެއްވެސް އެއްޗެއްގެ އެހީގައެއް ނޫނެވެ. އޭނާ ބުނެފައިވަނީ ސަމްސާތައް ހަށިގަނޑުގައި ހަރުލާފައިވަނީ ދަގަށްފާނުގެ ބާރުން ކަމަށެވެ.

އަޒަރްބައިޖާންއަށް އުފަން މިމީހާ މިހާރު ވަނީ ގިނިސް ބުކް އޮފް ވޯލްޑް ރިކޯޑްސް ފޮތުން ޖާގަ ހޯދާފައެވެ. އެއީ 53 ސަމްސާ މޭމަތީގައި ހަށިގަނޑުގެ އެކި ތަންތަނުގައި އެއްވެސް އެއްޗެއްގެ އެހީ އާއި ނުލާ ތަތްކޮށްލާފައިވާތީ އެވެ.

ދާދި ފަހުން އެޓިބަރ އެލްޗިޔެވްގެ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަނީ ދަގަނޑު ގަނޑެއް އޭނާ މޭމަތީގައި ތަތްކޮށްލުމަށްފަހު އެދަގަނޑުގައި މީހަކު އިށީންދެގެން އެތައް އިރެއްވަންދެން އިން ތަނެވެ. އަދި އެވަގުތުކޮޅު އެޓިބަރ އެލްޗިޔެވް ވަނީ 2 ޓަނުގެ ކާރެއް ވާ ޖަހައިގެން ދަމާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top