ގޭސް ވިއްކުމަށް، ބާއިންޖީނުގެ ހިލޭ އެސްޓީއޯއަށް ދެނީ

ބާއިންޖީނުގެ ކައިރިންބަޔަކު ސައިކަލްގައި ދުއްވާފައިދަނީ. މިތަން އެސްޓީއޯއަށް 6 މަސްދުވަހަށް ހިލޭ ދިނުމަށް ކައުންސިލުންވަނީ ނިންމާފައި / ފޮޓޯ: ނިއަމި

ބާއިންޖީނުގެ ކައިރިންބަޔަކު ސައިކަލްގައި ދުއްވާފައިދަނީ. މިތަން އެސްޓީއޯއަށް 6 މަސްދުވަހަށް ހިލޭ ދިނުމަށް ކައުންސިލުންވަނީ ނިންމާފައި / ފޮޓޯ: ނިއަމި

އޭދަފުށީގެ އާންމު ރައްޔިތުންނަށް ގޭސް ވިއްކުމަށްޓަކައި ބޭނުންވާ މަސައްކަތް ކުރުމަށްޓަކައި އޭދަފުށީ ރައްޔިތުންގެ ކުރީގެ އިންޖީނުގެ ހުރިބިން އެއްވެސް އަގެން ނުނަގާގޮތަށް ހަމަސްދުވަހަށް އެސްޓީއޯއަށް ދޭން ނިންމައިފިއެވެ.

އޭދަފުށީ ކައުންސިލުން މިގޮތަށް ނިންމީ އާދީއްތަދުވަހު ބޭއްވި ކައުންސިލްގެ ބައްދަލުވުމެއްގައި މަޝްވަރާކުރުމަށްފަހު، ކައުންސިލް މެމްބަރުންގެ ވޯޓަކުން އެއްބަސްވެވިގެންކަމަށް އޭދަފުށީ ކައުންސިލް އިދާރާއިން ބުނެއެވެ. އޭދަފުށީ ކައުންސިލްގެ ރައީސް އަލީ ވަހީދު ވިދާޅުވީ އެސްޓީއޯއަށް މިބިން ދޭން ނިންމީ އޭދަފުށީގައި ގޭސް ލިބުމުގެ މައްސަލަ ވަރަށްބޮޑަށް ދިމާވެ އާންމުންގެ ޝަކުވާ ލިބެމުންދާތީ، އެސްޓީއޯއިން މިމަސައްކަތް ފެށުމަށް މަގުފަހުކުރުމުގެ ގޮތުން ކަމަށެވެ. އަދި މިބިން އެސްޓީއޯއާ ވަރަށް އަވަހަށް ހަވާލުކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަށް ހަބަރުލިބިފައިވަނީ އެސްޓީއޯއިން މިހިދްމަތް ނުފެށިވަނީ ގޭސް ރައްކާކުރާނެ ބިމެއް ނެތިގެންނޭ. އެހެންވެގެން ކައުންސިލުން މިނިންމީ ބާ އިންޖީނުގެދޭން 6މަހަށް. އެހެންވީމާ، ހަމަސްދުވަސް ނިމެންވާއިރަށް އެސްޓީއޯއިން މަޝްވަރާކޮށްގެން އިތުރު ގޮތެއް ހޯދުމަށް އަޅުގަނޑުމެން ފުރުސަތުމިދެނީ.” އަލީ ވަހީދު ވިދާޅުވިއެވެ.

އޭދަފުށީގައި މިވަގުތު ގޭސް ވިއްކަމުންދަނީ އަމިއްލަ 3 ވިޔަފާރިވެރިއެކެވެ. އެއީ ވައިޓްވޯލް، ގޭސް ޕޮއިންޓް އަދި ކިރިލި ފިހާރައެވެ. ގޭސް ލިބުމުގެ މައްސަލަ އޭދަފުށީގައި ދޭތެރެދޭތެރެއިން ދިމާވިނަމަވެސް މިއަހަރު އެމައްސަލަވަނީ ވަރަށްބޮޑަށް ދަތިވެފައެވެ. އަމިއްލަ ވިޔަފާރިތަކުން ބުނަނީ ގޭސްލިބުން ދަތިވަނީ ކަސްޓަމަރުން ގިނަވިނަމަވެސް ގޭސް އަޅާ އާފުޅިގަންނަން ނުލިބޭ މައްސަލަ ދިމާވާތީކަމަށެވެ.

3500 އަކަފޫޓަށްވުރެ ބޮޑު ބާއިންޖީނުގޭ ގޯއްޗަކީ 1973 ން ފެށިގެން 1994އާ ހަމައަށް އޭދަފުށީ ރައްޔިތުންނަށް ކަރަންޓްގެ ހިދްމަތްދިނުމަށް ރައްޔިތުންގެ ނަމުގައި އޭރުގެ އިންޖީނުގެ ހިންގި ގޯއްޗެވެ. ސްޓެލްކޯއިން (މިހާރު ފެނަކަ) އޭދަފުއްޓަށް ކަރަންޓްގެ ހިދްމަތް ދޭން ފެށިފަހުން އެގޯތީގެ ބޭނުން އެދެވޭގޮތެއްގައި ކައުންސިލުން ހިފަމުންނުދާތީ، އަދިވެސް އެތަންއޮތީ ބާއިންޖީނުގޭގެ އިމާރާތާއެކު ހަމައެކަނި ގޯއްޗެއްގެ ގޮތުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top