ކަރީނާކަޕޫރުވަނީ ވޭތުވެދިޔަ ތަނުގައި ގިނަ ފިލްމްތަކެއް ކުޅެ ބޮލީވުޑްގެ ކާމިޔާބުތަރިއަކަށްވުމަށް ގިނަ މަސައްކަތްތަކެއްވެސް ކޮށްފައެވެ. ފިލްމީ ކެރިއަރުގައި އޭނާގެ ކާމިޔާބު ފިލްމުތައް ގުނާނަމަ ކަބީ ޚުޝީ ކަބީ ޣަމް 2001، ޖަބްވީމެޓް2007، ތްރީ އިޑިއަޓްސް2009 ، ބޮޑީގާޑް 2011، އަދި ބަގްރަންގީ ބައިޖާން2015 އަކީ އެފިލްމުތައް ބެލި މީހުން އޭނާގެ މޮޅު އެކްޓަށް ތައުރީފު އޮއްސަމުން ދިޔަ ފިލްމުތަކެކެވެ.
މި ކާމިޔާބު ތަކާ އެކުވެސް އޭނާ ބުނަނީ ފިލްމީ ހަޔާތުގައި އޭނާއަށް ލިބިފައިވާ ކާމިޔާބިުތައް ސީރިއަސްކަމާއެކު ބަލައިގަންނަން ބޭނުންނުވާކަމުގައެވެ. 35 އަހަރުގެ ކަރީނާ ފިލްމީ ދާއިރާގައި އޭނާހޯދާފައިވާ ކާމިޔާބާމެދު ބުނަނީ ބުނަނީ މިހެންނެވެ. ” އަހަރެންއަބަދުވެސް ވިސްނަމުން ގެންދަނީ ދެން ލިބޭ މިކަހަލަ ފުރުސަތެއްގައި މިއަށް ވުރެ ރަނގަޅަށް މަސައްކަތްކުރަން ޖެހޭ ކަމުގައެވެ. ނުވަތަ އަހަރެން ކޮށް ނިންމާފައިވާ މަސައްކަތް އަދި އެއަށް ވުރެ ރަނގަަޅަށް ކުރެވޭނެކަމުގައެވެ.
ކަރީނާ ބުނަނީ އޭނޭގެ ފިލްމްތައް ބަލަން ބޭނުންނުވާކަމަށާއި އޭގެ ބަދަލުގައި އޭނާގެ އާއިލާއިން އެފިލްމްތައް ބަލާފައި ދިރާސާކުރާ ކަމުގައެވެ.
” މަންމަ (ކުރީގެ މަޝްހޫރު ބަތަލާ ބަބީތާ) އާއި ދައްތަ ކަރިޝްމާ ، އަހަރެންގެ ފިލްމުތައް ބަލާފައި އެއަށް ފާޑު ކިޔައި ރަނގަޅު ކުރަންވީ ކަންކަން ކިޔައިދޭ. އެކްޓްކުރުމުގެ ދާއިރާގައި ކުރިއަށް މިދަނީ އެމީހުން ބުނާ ގޮތަށްމަސައްކަތް ކޮށްގެން. ” ކަރީނާ ބުންޏެވެ.
ކަރީނާ ބުނީ އޭނާއަކީ ތަފާތު މީހެއްކަމަށްދެކޭ ކަމަށާއި ކާމިޔާބާމެދު އުފާކުރުމުގެ ބަދަލުގައި އިހްސާސްކުރެވެނީ އަހަންނަކީ އަދިވެސް ފިލްމީ ދާއިރާއަށް އާ މީހެއް ކަމަށާއި ދަސްކުރަންޖެހޭ އެއްޗެތި ބައިވަރު އެބައޮތް ކަމުގައެވެ.