ކިހާދޫގައި ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރެއް ގާއިމްކުރަނީ

t.php_.jpg

ކިހާދޫގައި ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީއާއި ކޯސްޓްލައިން ،ސޮއިކުރުމުގެ ރަސްމިއްޔާތު. ފޮޓޯ : އެޑިއުކޭޝަން

ޒުވާނުން ،ވަޒީފާއަށް އަހުލުވެރި ކުރުވައި ތަމްރީނު ކުރުމަށް ބ.ކިހާދޫގައި ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރެއް ގާއިމްކޮށް ހިންގުމަށް ކޯސްޓްލައިން އިންވެސްޓްމަންޓާއި އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީއޮފް އެޑިއުކޭޝަންގައި މިއަދު ސޮއި ކުރުމަށް އޮތް ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެމިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް އިސްމާއީލް އެވެ. ކޯސްޓްލައިންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ ހުސެން މުހައްމަދުއެވެ.

މި އެއްބަސްވުމުގެ ދަށުން 20 އަހަރު ދުވަހަށް ކޯސްޓްލައިންއަށް ކިހާދޫން ދޫކުރައްވާފައިވާ 223500އަކަފޫޓްގެ ބިމުގައި އެއް އަހަރުދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ކިޔަވައިދޭން ފަށަން ޖެހެއެވެ.

އެޑިއުކޭޝަނުން ބުނީ މިއީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ޒުވާނުން އެކިއެކި ދާއިރާތަކުގެ ވަޒީފާއަށް ނެރުމަށް ތަމްރީނުކުރާ ސެންޓަރެއް ނަމަވެސް މައިގަނޑު ގޮތެއްގައި މި ސެންޓަރުން ތަމްރީނު ދެވޭނީ ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި ވަޒީފާތަކަށެވެ.

ކޯސްޓްލައިނަށް ކިހާދޫގައި ވޮކޭޝަނަލް ޓްރެއިނިން ސެންޓަރެއް ގާއިމްކޮށް ހިންގުމަށް ބިމެއް ހަވާލުކުރީ ވަޒީފާގެ ބާޒާރުގައި ދިވެހި މަސައްކަތްތެރިންގެ ދައުރު ހަނިވެފައިވާތީ ތަފާތު ފަންނުތަކުން ދިވެހި ޒުވާނުން ތަމްރީނުކުރުމަކީ މުހިއްމު ކަމެއް ކަމަށް ދެކި، ވޮކޭޝަނަލް ޓްރެއިން ސެންޓަރެއް ގާއިމްކޮށް ހިންގުމުގެ ޝައުގުވެރިކަން އެ ކުންފުނިން ފާޅުކުރުމާއި ގުޅިގެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top