ދިވްޔަންކާތްރިޕަތީ، ޓީވީސީރީސްތަކުގެ އެންމެ އުހުގައި

ދިވްޔަންކާ ތްރިޕަތީ

ދިވްޔަންކާ ތްރިޕަތީ

ޓީވީ ޑްރާމާތައް ބަލާމީހުންނަށް ދިވްޔަަންކާއަކީ ކާކުކަން ނޭނގިދާނެއެވެ. އެކަމަކު އިޝީތާއޭ ބުނީމާ ނޭގޭ މީހަކު މަދުވާނެއެވެ. އެއީ ސިޓިންގެރޫމްތަކަށް އާމޫނެއްނޫނެވެ. ދިވްޔަންކާ(އިޝީތާ ބައްލާ)އަކީ ޔޭހޭ މުހައްބަތޭންގެ ލީޑްރޯލްކުޅޭ އެސީރީސް ހިޓަކަށް ވުމުގެ އެންމެ ބޮޑު ސަބަބެވެ.

އުމުރުން 30 އަހަރުގެ ދިވްޔަންކާއަކީ މިއަދު ޓީވީ ސީރިސްތަކުން ފެންނައެންމެ ރީތި މޫނުގެ އިތުރުން އެންމެ މޮޅުޓީވީ އެކްޓްރެސްގެގޮތުގައި ފާހަގަކުރެވިފައިވާ ގިނަބައެއްގެ ލޯބި ލިބިފައިވާ ތަރިއެއްކަން ފާހަގަކުރެވިފައި ވެއެވެ. އޭނާގެ މި ކާމިޔާބު ގުޅިފައިވަނީ މިހާރު ލީޑްރޯލްކެރެކްޓަރ އެއްގެގޮތުގައި ހަރަކާތްތައެރިވަމުންދާ އެކްތާ ކަޕޫރުގެ ޔޭހޭ މުހައްބަތޭންގެ އިޝީތާގެ ރޯލުންނެވެ. މި ޝޯއަކީ މި އަހަރު އެކްތާ ގެ އެންމެ ކާމިޔާބު ސީރީޒެވެ. ޝޯވ ކާމިޔާބުވުމުގައި އެންމެ ބޮޑު ހިއްސާއެއް އޮތީ އިޝީތާގެ މޮޅު އެކްޓްކަމުގައި އެކްތާކަޕޫރު ބުނެއެވެ. މިޑްރާމާގައި އޭނާ ދައްކަމުން ގެންގޮސްފައި ވަނީ އާދަޔާ ޚިލާފު ރަނގަޅު އަންހެނެއްގެ ސިފަތަކެވެ. ބަހޫއެއްގެ ގޮތުގައި ބެލިޔަސް ޅީދައރިއެއްގެ ގޮތުގައި ބެލިކަމުގައި ވިޔަސް އަންތްބެއްގެ ގޮތުގައި ބެލިޔަސް އަދި ދޮންމަންމައެއްގެ ގޮތުގައި ބެލިޔަސް އޭނާވަނީ ބެލުންތެރިންގެ ހިތްތަކުގައި ވަރަށް ޚާއްސަ މަގާމެއް ހޯދާފައެވެ. މިފަދަ މަޝްހޫރުކަމަކާ މީހުންގެ ލޯބި އޭނާ ހޯދާފައިވާގޮތް ބަޔާންކޮށްދެމުން ފިލްމްމިރާގައި ފަސްކަމެއްފާހަގަ ކޮށްފައިވެއެވެ.

1. އޭނާއަކީ ވަރަށް މޮޑަން އަދި މިނިވަންކަމާއެކު އަމިއްލަވަންތަކަަމެއްދެންގުޅޭ ކުއްޖެކެވެ. އޭނާގެ ކެރިއަރ ޕްރޮމޯޓްކުރުމުގައި ވިސްނުންތެރިކަމާއެކު މި އުލުޅުތައް ބޭނުންކުރުމުން އެހެން ސްޓާރުންވެސް އޭނާ ނަމޫނާއަކަށް ބަލަން ޖެހެއެވެ. އޭނާގެ މިސިފަތަކަކީ ހަމަ އެކަނި ޑްރާމާތަކުން ފެންނަ ގޮތެއްނޫނެވެ. އަމިއްލަ ދިރިއުޅުމުގައިވެސް ޖަންތައް ހުންނަނީ މިގޮތަށެވެ.

2. ކޮންމެ މީހަކަށް މޮޅު ޓެލެންޓެޑް މީހަކަށް ނުވެވޭނެއެވެ. އެކަމަކު ހިތްވަރާއެކު މަސައްކަތްކުރާނަމަ ކޮންމެ މީހަކަށްވެސް އެފަދަ މީހަކަށް ވެވިދާނެކަން ދިވްޔަންކާ ވަނީ ސާބިތު ކޮށްދީފައެވެ. މީގެކުރިން އޭނާ ކުޅުނު ޑްރާމާ ސީރީސްތަކުން މަޝްހޫރުކަމެއް ނުލިބުނުކަމުގައި ވިޔަސް މި ޑްރާމާއިންމަޝްހޫރުކަން ލިބުނީ އޭނާގެ ބުރަ މަސައްކަތުންނެވެ.

3. ދިވްޔަންކާއަކީ އޭނާގެމަސައްކަތް ވަރަށް ސީރިއަސްކޮށް ނަގާ ޓީވީ ސްޓާރއެކެވެ. މިޝޯވ ކުޅެމުންދަނިކޮށް އޭނާވެއްޓުމުގެ ސަބަބުން ފަޔަށް ލިބުނު އަނިޔާގައި ނުހިނގޭވަރުވިއެވެ. އެކަމަކު ވީލްޗެއަރއެއްގައި އެތައްހަފްތާއެއް ވަންދެން ޑްރާމާ ކުރިއަށް ގެންދިޔައެވެ. އެކަމުގައި ކިތަންމެ ގިނަ ވަގުތެއް ހޭދަކުރަންޖެހުނު އިރު އެބަލި ހާލުގައިވެސް މަސައްކަތްކުރަމުން ދިޔައީ ޑައިރެކްޓަރ އެންމެ ބޭނުންވާ ގޮތަށެވެ.

4. ދިވްޔަންކާއަކީ އޭނާގެ ފޭނުންނާ ރަހްމަތްތެރިކަން ބަހައްޓާމުން ގެންދާ މީހެކެވެ. ކުޑަކުދިންދެކެ ވަރަށް ލޯބިވާ އަދި ހުރިހާ އުމުރެއްގެ މީހުންނާވެސްގުޅޭ އެމީހުންނަށް ގަދަރުކުރާ އެމީހުންގެ ވާހަކަތައް އަޑުއަހާ މީހެއްކަމުގައިވުމުން އޭނާދެކެ ލޯބިވާ މީހުން ވަރަށް ގިނައެވެ.

5. ގިނަ ސްޓާރުންނަކީ ޝޫޓިންގ އަށް އައުމުގައި އެހާ ބަރާބަރު ބައެއްނޫނެވެ. އެހެންނަމަވެސް ދިވަޔަންކާއަކީ ގަޑިއަށް ފަރުވާ ބެހެއްޓުމުގައިވެސް އެހެން މީހުންނަށް ނަމޫނާ ދައްކާ މީހެކެވެ. ސެޓްފެށުމުގެ ކުރިން އޭނާ ހާޒިރުވެހުންނާނެއެވެ. އެހެންކަމުން މިފަދަ ތަރިއަކާއެކު މަސައްކަތްކުރުމަށް ނޭދޭނީ ކޮން ޑައިރެކްޓަރެއްހޭ ސުވާލުކޮށްފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top