މޭ 7ގެ ފަހުން ދަރިވަރުން ޓެބްލެޓް ބޭނުންކުރަން ފަށާނެ :މިނިސްޓަރ

169964_3_0cc1b70d489d7a5532483fdbff1cf33930b61bce_medium.jpg

އެޑިއުކޭޝަން އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. -ފޮޓޯ : ހުސެން ވަހީދު -މިހާރު

މިއަހަރު މޭ 7ގައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައިވެސް ޓެބްލެޓް ބޭނުންކޮށްގެން ދަރިވަރުން ކިޔަވަމުން ގެނދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އަންނަ 14 ވަނަ ދުވަހު ސްކޫލްތައް ހުޅުވޭ އިރު އެޑިއުކޭޝަން މިނިސްޓްރީން ވެފައިވާ ތައްޔާރީތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިދިޔަ ބުދަދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ، ސްކޫލްތައް ޑިޖިޓަލް ކުރުމަށް ވާން ޖެހޭ ތައްޔާތީތައް ކުރިއަށް ދާއިރު މި އަހަރުގެ މޭ މަހު ޓެބްލެޓް ބޭނުންކުރަން ފަށާނެ ކަމުގައެވެ. އެގޮތުން ދިރާގުގެ އެހީތެރިކަމާއެކު ސްކޫލްތައް ވައިފައިކުރުމުގެ ކަންތައް ކުރިއަށް ދާއިރު  ރާއްޖޭގެ ހުރިހާ ސްކޫލެއްގައިވެސް ވައިފައިމެދުވެރިކޮށް ޓެބްލެޓް ބޭނުން ކުރެވޭނެކަމަށް އެކަމަނާ ވިދާޅުވިއެވެ.

“ރޭންޖް އެންމެ ދަށް ރަށުގައިވެސް އަޅުގަނޑުމެންނަށް އެކަން ކޮށްދެވޭނޭ މޭ ހަތެއްގައި. އެކަމަކު ތާރީޚަށް ބަދަލެއް އަތުވެދާނެ. އެހެން ސްކޫލުތަކުގައި ވެސް އޭގެ ކުރިން އެ މަޝްރޫއު ފަށާނެ.” މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ސްކޫލްތައް ޑިޖިޓަލް ކުރުމުން، ދަރިވަރުންނަށް މާއްދާތަކާ ގުޅޭ އިތުރު މައުލޫމާތުތައް ލިބިގެންދާނެ ކަމަށާ އެކަމުގެ ސަބަބުން ހެޔޮ ބަދަލެއް އަންނާނެކަމުގައެވެ.

“ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބައިވަރު ވަރަށް ގިނަ މާއްދާތަކުން ވެސް ވިސްނުންތަކުން ރިސޯސަސްތަކެއް އެބަހުރި. އެހެންވެ ޑިޖިޓަލް ވެގެން ކުދިންނަށް ޓެބްލެޓް ވެގެން މި ބޭނުން ކުރެވެނީ އެ އިންޓަނެޓް ކަނެކްޓިވިޓީގެ ތެރެއިން އެ ކުދިންނަށް އިތުރު ރިސޯސަސް ތަކެއް ފޯރުކޮށްދެވޭނެ. މިސާލަކަށް ހިސާބު ކިޔަވަންޏާ އެ މާއްދާއާ ގުޅޭ ބައިވަރު ރިސޯސަސްތައް އެބަހުރި ދުނިޔޭގައި އެވަައިލަބްލް. އެ ރިސޯސްތައް ބޭނުންކޮށްގެން ދަރިވަރުންނަށް ކިޔަވައިދެވޭ. އެހެންވެ އަޅުގަނޑުމެން ގަބޫލުކުރަނީ އޭގެ ސަބަބުން ހެޔޮ ބޮޑު ބަދަލެއް އަންނާނެ ކަމަށް،” މިނިސްޓަރު ވިދާޅުވި އެވެ.

ނޫސްވެރިންގެ މި ބައްދަލު ވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ ސްކޫލްތައް ޑިޖިޓަލް ކުރި ކަމުގައި ވިޔަސް އެއްފަހަރާ ދަރިވަރުންނަށް ޓެބްލެޓް ދޫނުކުރާނެ ކަމަށާ އެކަމަށް ޓީޗަރުންނާއި ބެލެނިވެރިން އަދި ދަރިވަރުން ހޭލުންތެރިކުރުވުމުގެ އިތުރުން ޓެބްލެޓް ބޭނުންކުރާނީ ވަކި މާއްދާތަކަށް ކަމަށާއި ފޮތްތައް ވެސް ބޭނުންކުރާނެ ކަމަށް ޝަފީއު ވިދާޅުވިއެވެ.

ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ 70،000 އަށް ވުރެ ގިނަ ޓެބްލެޓް ގަންނަން އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top