ދެލައްކަ ރުފިޔާގެ އިނާމުލިބޭ މުބާރާތެއް އުރީދޫއިން ފަށައިފި

image_VpkziFMp79nndrO.jpg

ގްބޫލު ގޭމް ކަމަށްވާ “ހޭންގް މޭން” އަށް ބިނާކޮށް، “ގެސް ދަ ވަރޑް” ގެ ނަމުގައި އެސް.އެމް.އެސް މެދުވެރިކޮށް ކުޅޭ ފޯރިގަދަ މުބާރާތެއް އުރީދޫ އިން މިއަދު ފަށައިފިއެވެ.

މި ގޭމް ކުޅެގެން މޮޅުވާ ބައިވެރިންނަށް އުރީދޫ އިން ވަނީ ޑޭޓާ ޕެކޭޖް، ސްމާޓް ފޯނު އަދި މެކްބުކް އެއާ ހިމެނޭ ދެ ލައްކަ ރުފިޔާގެ އަގުހުރި އިނާމު ހުށައަޅާފައެވެ.

ގެސް ދަ ވާރޑް” ކުޅުންތެރިންގެ އަމާޒަކަށްވާނީ ތަފާތު އެކި ލަފްޒުތައް ދިމާކޮށް، ފަސް ލެވެލް އަކަށް ބެހިފައިވާ މި ގޭމުން އެންމެ ގިނަ ޕޮއިންޓް ހޯދުމެވެ. މިގޮތުން، މަތީ ލެވަލްތަކުގެ ލަފްޒުތައް އުނދަގޫވެފައި، ލިބޭ ޕޮއިންޓުތައް އިތުރުވެގެން ދާނެއެވެ. 10 ޖަނަވަރީ 2019 އިން 10 އެޕްރީލް 2019 އަށް ކުރިއަށްދާ މި މުބާރާތުގައި ބައިވެރިވުމަށް، “GO” ޖެއްސެވުމަށް ފަހު 4646 އަށް އެސް.އެމް.އެސް ކުރައްވާށެވެ.

މި ޕްރޮމޯޝަންގައި ދޭ އިނާމުތަކުގެ ތެރޭގައި ދުވަހުގެ ޓޮޕް ސްކޯރާ (1.25 ޖީބީ ޑޭޓާ) އާއި ކޮންމެ 15 ދުވަހެއްގެ ޓޮޕް ސްކޯރާ (އައިފޯން އެކްސް) އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ (މެކްބުކް އެއާ) އެއް ލިބެ އެވެ. މީގެ އިތުރުން މުޅި މުބާރާތުގެ ދެވަނައަށް މޮޅު ކުޅުންތެރިޔާ (ސެމްސަންގް ގެލެކްސީ ނޯޓް 9) އަދި މުޅި މުބާރާތުގެ ތިންވަނަ އަށް މޮޅު ކުޅުންތެރިޔާ އަށް (އެޕަލް ވޮޗް) އެއް ދޭނެ އެވެ.

އުރީދޫ އިން ބުނީ އެކުންފުނިން އަބަދު ވެސް މަސައްކަތް ކުރަމުންދާނީ ކަސްޓަމަރުންނަށް ކަމުދާނެ ހިދުމަތްތަކާއި ޕްރޮމޯޝަންތައް ގެނެސްދިނުމަށް ކަމަށެވެ.

“ގެސް ދަ ވާޑް” ޕްރޮމޯޝަން އާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، www.ooredoo.mv އަށް ނުވަތަ މައި އުރީދޫ އެޕް، އުރީދޫ ނެކްސްޓް، އަދި އުރީދޫގެ ސޯޝަލް ޗެނަލްތައް ފަދަ އެ ކުންފުނީގެ ކޮންމެ ޑިޖިޓަލް ޓަޗްޕޮއިންޓެއް ވެސް މެދުވެރިކޮށް އުރީދޫގެ ޓީމާއި ގުޅާލައްވުމަށް އެ ކުންފުނިން އެދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top