ރީތި ބީޗް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް

b_5CL6LNhgUE3a1PP5sirfr9ueI.jpg

ރިތިބީޗްރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި އެރިސޯޓަށް ވެފައިވާ ބައެއް ގެއްލުން - ފޮޓޯ :އެމްއެންޑީއެފް

ބ. ރީތި ބީޗް ރިސޯޓުގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާ ގައި އެ ރިސޯޓްގެ ފެން ޕްލާންޓާއި އިންޖީނުގެ ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައި ކަމަށާ އެއްވެސް މީހަކަށް މި އަލިފާނުގެ ސަބަބުން ގެއްލުން ނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.

އެމްއެންޑީއެފުން ބުނީ ރީތި ބީޗް ރިސޯޓުގައި މިއަދު 11:34 4 އެހާކަށްހާއިރު ހިނގި އަލިފާނުގެ އެ ހާދިސާގައި އެންމެ ފުރަތަމަ އަލިފާން ރޯވީ، އެ ރިސޯޓްގެ ވަޑާންގޭގެ ގުދަނުގަ އެވެ. އަދި އެ އަލިފާންގަނޑު ފެތުރިގެން ގޮސް، އެ އިމާރާތުގައި ހުރި، ފެން ޕްލާންޓެއް އަނދައިގެން ގޮސް ހަމަ އެ އިމާރާތުގައި ހަދާފައިވާ އެ ރިސޯޓްގެ އިންޖީނު ގޭގެ ސީލިންގަށް އަލިފާނުގެ ހޫނުގެ އަސަރު ވަރަށް ބޮޑަށް ކޮށް ސީލިންގް ހަލާކުވެ، ކަރަންޓް ވަޔަރުތަކުގެ ބޮޑު ބައެއް ވެސް ހަލާކުވެފައިވާ ކަމަށެވެ.

އަދި އެވަގުތު އެމްއެންޑީއެފް ނޮދާން އޭރިއާ ނައިފަރު ފަޔާ ސްޓޭޝަނުގެ ސިފައިންނާއި ރިސޯޓް މުވައްޒަފުން ކުރި މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލްވީ މިއަދު މެންދުރު 12:19 އެހާއިރު ކަމަށް ވެސް ސިފައިން ބުންޏެވެ.

ރީތި ބީޗް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގިއިރު އެރިސޯޓުގައި 200 ފަތުރުވެރިން ތިބިކަމަށް މައުލޫމާތު ލިބެއެވެ.

ދާދިފަހުން ގިލި ލަންކަންފުށި ރިސޯޓުގައި ވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އެހާދިސާގައި ރިސޯޓަށް ބޮޑެތި ގެއްލުން ތަކެއް ލިބުމާ ގުޅިގެން މިހާރު ވަނީ ރިސޯޓު ބަންދުކޮށްފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top