ރޯދަމަހު ކިޔެވުން އޮންނަ ގަޑިތައް ކަނޑައަޅައިފި

326-baec.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ކޮޅެއް

އަންނަ ރޯދަ މަހު ކިޔެވުން އޮންނަ ގަޑިތައް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މިއަދު ކަނޑައަޅައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރޯދަމަހު ސްކޫލުގެ ކިޔެވުން ފަށާނީ ހެނދުނު 8:30 އާއި 9:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. އަދި ހަ ރޯދައިގެ ތެރޭގައި ވެސް ކިޔެވުން އޮންނާނީ ރޯދަ މަހަށް ކަނޑައަޅާފައިވާ ވަގުތާ އެއްގޮތަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކުން މެންދުރު 3:00 ގައި ކިޔަވައިދިނުން ނިމޭނެ ގޮތަކަށް ކަންތައް ހަމަޖައްސަން އަންގާފައި ވާކަމަށްވެސް މިނިސްޓްރީގެ ސާކިއުލާގައި ބުނެފައިވެއެވެ.

އެގޮތުން އެލްކޭޖީއިން ފެށިގެން ޔޫކޭޖީއަށް ކިޔަވައިދިނުމަށް ކަނޑައަޅާފައިވަނީ ދޮޅު ގަޑިއިރު ކިޔަވައިދޭ ގޮތަށެވެ. އަދި ގްރޭޑް އެކަކުން ފެށިގެން ގްރޭޑް ހަޔަކަށް ކަނޑައަޅާފައިވަނީ ދެ ގަޑި ތިރީސް މިނެޓް ކިޔަވައިދޭ ގޮތަށެވެ.

ހަތަކުން ފެށިގެން މަތީގެ ގްރޭޑްތަކަށް ކިޔަވައިދިނުމަށް ކަނޑައަޅާފައިވަނީ ތިން ގަޑިއިރު ކިޔަވައިދޭ ގޮތަަށެެވެ.

ރޯދަ މަހު ކިޔަވައިދޭ މާއްދާތައް 30 މިނެޓާއި 45 މިނެޓް ގަޑިއަކަށް ފައްތައިގެން ކިޔަވައިދިނުމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލުތަކަށް އަންގައިފައެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top