ދިރާގު ފައިބަރ ބްރޯޑްބޭންޑާއި ރައުޓަރު ހިލޭލިބޭ ޕްރޮމޯޝަނެއް ފަށައިފި

Hiley.jpg

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުވާސަލާތުގެ ކިދުމަތް ދެމުން އަންނަ ދިރާގުން، އެ ކުންފުނީގެ ފިކްސްޑް ބްރޯޑްބޭންޑް ޚިދުމަތަށް ޚާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ މައުލޫމާތު ދެއްވަމުން ދިރާގުން ހާމަކުރުގޮތުގައި މި ޕްރޮމޯޝަނުގެ ދަށުން ގެއަށް ފައިބަރ ކަނެކްޝަން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ހިލޭ ރައުޓަރވެސް ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ 30 އަންނަ ނޮވެމްބަރ މަހުގެ ނިޔަލަށެވެ.

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ޚިދުމަތެވެ.

ރާއްޖޭގެ ގޭބިސީގެ 75 އިންސައްތައަށް މި ޚިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top