ކޮވިޑް-19 : ކަރަންޓީންގައި ހުރި އިތުރު ދިވެއްސަކު ޕޮސިޓިވް ވެއްޖެ

Breaking-News-Image-v2-e1574095563266.jpg

އިނގިރޭސި ވިލާތުން ރާއްޖެ އައި އިތުރު ދިވެއްސަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

މިކަން ޔަގީން ކޮށްދެމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު 10:28ގައި ކޮށްފައިވާ ޓުވީޓަކުން ހާމަ ކުރިގޮތުގައި އެމީހާ ރާއްޖެ އަދި ދުވަހުން ފެށިގެން ހުރީ ބ. އަތޮޅުގައި އޮންނަ ރޯޔަލް އައިލެންޑް ރިސޯޓުގެ ކަރަންޓީން ފެސިލިޓީގައެވެ.

އިތުރު ތަފްސީލެއް އަދި އެޗްޕީއޭއަކުން ހާމައެއް ނުކުރެ އެވެ.

މިއީ އިނގިރޭސިވިލާތުން އައި ދިވެއްސަކު ކޯވިޑް-19 އަށް ޕޮސިޓިވްވި ދެވަނަ ފަހަރެވެ.

ފުރަތަަމަ މީހާ ޕޮސިޓީވްވިކަން އިއުލާން ކުރީ މިދިޔަ ހުކުރު ދުވަހު އެވެ. ހޮލިޑޭ އައިލެންޑް ރިސޯޓުގެ ކަރަންޓީން ފެސިލިޓީގައި ހުއްޓަ އަލާމާތްތައް ފެންނަން ފެށުމުން ޓެސްޓު ކުރި އެ މިހާ އަކީ38 އަހަރުގެ މީހެކެވެ.

މިހާރު އޭނާ ވަނީ ބައްޔަށް ފަރުވާ ދެމުންދާ މީހުން ތިބި އއ. ވެލިދޫ އައިލެންޑް ރިސޯޓަށް ބަދަލުކޮށް ފަރުވާ ދޭން ފަށާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top