މަންމައަކު، އޭނާގެ ދެދަރިން ހަތަރުވަނބުރިން ވައްޓާލައިފި

އަލިފާނުގެ ހާދިސާއިން ސަލާމަތްކުރުމަށް އެއްކުއްޖަކު އިމާރާތުން ވައްޓާލަނީ

އަލިފާނުގެ ހާދިސާއިން ސަލާމަތްކުރުމަށް އެއްކުއްޖަކު އިމާރާތުން ވައްޓާލަނީ

ރަޝިޔާގެ އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާއަކުން ސަލާމަތްވުމަށްޓަކައި އެއިމާރާތުގެ ހަތަރު ވަނަ ބުރިން މަންމައަކު އޭނާގެ ދެދަރިން ބޭރަށް ވައްޓާލައިފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިހާދިސާގައި މަންމަ އޭނާގެ ދެކުދިން ބޭރަށް އެއްލާލަން ޖެހުނީ މަޖުބޫރުވެގެންނެވެ. ސަބަބަކީ އެވަގުތު އެ އާއިލާއިން ދިރިއުޅެމުންދިޔަ އެޕާޓްމަންޓުގައި އަލިފާން ރޯވުމާއި ގުޅިގެންނެވެ.

މިލާ އަކްސަކޮވާ 36، ގެ ދެ ކުދިން އިމާރާތުގެ މަތިން ވައްޓާލި މަންޒަރު ކެމެރާތަކަށް އަރާފައިވާއިރު މިދެކުދިން ސަލާމަތްކޮށްފައިވަނީ އަވައްޓެރިންތަކެއް ކުރި ބުރަ މަސައްކަތުންނެވެ. އެގޮތުން ވަންޔާ 4، އަދި ނަތާލިއާ 13، ހަތަރު ވަނަ ބުރިން ވައްޓާލުމުން މަގުމަތީގައި ތިބި މީހުން ވަނީ ބެޑްޝީޓެއް ބޭނުންކޮށްގެން ދެކުދިން ސަލާމަތްކޮށްފައެެވެ.

މިހާދިސާގައި ދެކުދިން ކުރެ އެއްވެސް ކުއްޖަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

މިހާދިސާގައި މިލާ އެ އިމާރާތުން ފުންމާލާފައިނުވާއިރު އޭނާ މަޑުކޮށްފައިވަނީ ފަޔަރ ފައިޓަރުން އައިސް އޭނާ ސަލާމަތްކުރާނެ އިރަކަށެވެ. އަދި އޭނަ ހީކުރި ގޮތަށް އެކަން ވަނީ ކުޑަ އިރުކޮޅެއްގެ ތެރޭގައި ހަގީގަތަކަށް ވެގެން ގޮސްފައެވެ.

މިލާ ސަލާމަތްކުރިއިރު އޭނާ އަށް ކޮންމެވެސް ވަރަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާ ދޭން ޖެހުނެވެ.

ރަޝިޔާގެ ފްލެޓެއްގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެތަނުގައި އުޅޭ 140 މީހަކު ވަނީ އެހެން ގެތަކަށް ބަދަލުކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ފުރަތަމަ ފްލެޓްގެ ތިރީ ބައިގައި ފުރަތަމަ ހުޅުހިފިއިރު އެގަޑީގައި އެ އެޕާޓްމަންޓުގައި އުޅެމުން ދިޔައީ ނުކުޅެދުންތެރިކަން ހުންނަ އަންހެނެކެވެ. ފުލުހުން މިހާރު ގެންދަނީ މި ހާދިސާ ހިނގި ގޮތް ތަހުގީގުކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top