އެސްޓީއޯ އިން ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފި

7697.jpg

ޑީސަލްގެ އަގު ހެޔޮކުރިތާ މަހެއްހާ ދުވަސް ފަހުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އިން ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.

އެސްޓީއޯއިން ބުނީ، ދުނިޔޭގެ ބާޒާރުގައި ޑީސަލްގެ އަގު އުފުލެމުން ދިއުމުން 03 އޭޕްރީލް 2018 އިން ފެށިގެން އެ ކުންފުނިން ވިއްކާ ޑީސަލްގެ އަގު، ލިޓަރަކުން 20 ލާރި ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.

މިދިޔަ މާރޗް މަހުގެ 7 ވަނަ ދުވަހު އެސްޓީއޯއިން ވަނީ އެކުންފުނިން ވިއްކާ ޑީސަލް ލީޓަރަކުން 20 އަދި ޕެޓްރޯލް ލީޓަރަކުން 30 ލާރި ކުޑަކޮށްފައެވެ.

ޑީސަލް އަގު ބޮޑުވުމާ ގުޅިގެން ކުރިން 10.21 އަށް ގަންނަން ލިބުނު ޑީސަލް ލިޓަރެއް މިއަދުން ފެށިގެން ލިބޭނީ  10.41 ރުފިޔާއަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top