މަޖިއްޓޭއަކީ އަދިވެސް ހަމަބެސްޓް. އޭދަފުށި ތަފާތު ދައްކާނީ އޭނާ ޓީމުގައި ހިމަނައިގެން – ސައްޓު

12592541_10207463639582879_795504058400222119_n.jpg

ސައްޓު (ކ) މަޖިއްޓޭ (މ) އާއި ހާފިޒް އޭދަފުށީ ޓީމްގެ ދަތުރެއްގެ ތެރެއިން. ސައްޓުބުނީ މަޖިއްޓޭއަކީ އަދިވެސް ހަމަބެސްޓް ކަމަށް / ފޮޓޯ: އިޝަން އިބްރާހީމް އެފްބީޕޭޖް

އޭދަފުށީގެ ފުޓްބޯޅަ ލެޖެންޑް އަބްދުލްމަޖީދު އިބްރާހީމް (މަޖިއްޓޭ) އަކީ އަދިވެސް ބ. އަތޮޅުގައި ހުރި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް އޭނާގެ ކޮއްކޮ އިޝާން އިބްރާހީމް (ސައްޓު) ބުނެފިއެވެ.

މަޖިއްޓޭއާއެކު އިއްޔެ ފެހެންދޫ ފުޓްބޯޅަ ޓީމް ޒޯން ޗެންޕިއަން ކަން ހޯދުމާ ގުޅިގެން ސައްޓުގެ ފޭސްބުކް ޕޭޖްގައި ޕޯސްޓް ކުރި ލިޔުމެއްގައި އޭނާވަނީ މަޖިއްޓޭ އޭދަފުށީ ފުޓްބޯޅަ ޓީމުން ރިޓަޔާކުރި މައްސަލާގައި ބައެއްމީހުންނަށް ބަހުގެ ހަމަލަތަކެއްވެސް ފޮނުވާލާފައެވެ. ސައްޓުބުނީ ބައެއްމީހުންނަށް ހީވާގޮތުން ގައުމީ ލެވެލްގެ ފުޓްބޯޅައަށް މަޖިއްޓޭގެ އުމުރު މިހާރު މާމަތިވެއްޖެކަމަށެވެ. އެހެންނަމަވެސް އިއްޔެ އަނެއްކާވެސް އޭނާގެ ޖާދޫ ޒޯންލެވެލްގައި ދައްކާ އެމީހުންނަށް ރައްދުދީފައިވާކަމަށް ސައްޓު ބުނެފައިވެއެވެ.

“ބައެއްމީހުން ހީކުރީ އޭނާއަށް މިއުމުރުގައި މާބޮޑުކަމެއް ނުކުރެވޭނޭ. އެކަމަކު އަބަދުވެސް އޭނާ އެދައްކަމުންދަނީ އެއީ ގޯސް ވާހަކައެއްކަން. އަދިވެސް އެކުޅެނީ އޭނާގެ އެންމެ މަތީ ފެންވަރުގައި އަދި އޭނާއަކީ މިހާރުވެސް ބ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާ” ފެހެންދޫ ޒޯން ޗެންޕިއަންކަން ހޯދުމާގުޅިގެން މިހާރު ޓީސީއަށް ކުޅެމުންއަންނަ އޭދަފުށީގެ ހުނަރުވެރި ފޯވާޑް ސައްޓު ބުންޏެވެ.

މަޖިއްޓޭއާއި ސައްޓު 2016ވަނަ އަހަރު މިނިވަން ޗެންޕިއަންޝިޕް ތަށި އޭދަފުއްޓަށް ހޯދާދިިނުމަށްފަހު ފޮޓޯއަކަށް ހުއްޓިގެން. އޭދަފުށީ ޓީމްގައި މިދެކުޅުންތެރިން މިދިޔަ 3 އަހަރުވަނީ ފާހަގަކޮށްލެވޭ ހިދްމަތްތަކެއް ކޮށްފައި / ފޮޓޯ: ފޭސްބުކް

ސައްޓު އިތުރަށް ބުނީ އަދިވެސް އޭދަފުށި ޓީމަށް މަޖިއްޓޭގެ އެހީތެރިކަން ބޭނުންވާކަން އޭނާ ސާބިތުކޮށްދީފިކަމަށާ، އޭނާއާއެކު އޭދަފުށި ފުޓްބޯޅަ ޓީމް އަދިވެސް ތަފާތު ދައްކާނެކަމަށެވެ. އެހެންނަމަވެސް ހަގީގަތަކީ ބައެއް މީހުން މަޖިއްޓޭގެ އެހީތެރިކަން ބޭނުންނުވާކަން ކަމަށްވެސް ސައްޓު ބުންޏެވެ.

“މިހާރު ބައެއްމީހުން ބޭނުމެއްނުވޭ މިހާރު މަޖިއްޓޭ އޭދަފުށީ ޓީމްގައި ހިމަނާކަށް. އެހެންނަމަވެސް ހަގީގަތަކީ އޭދަފުށީ ޓީމް އަދިވެސް ބޭނުންވާކަން މަޖިއްޓޭގެ ހުނަރާއި، ތަޖުރިބާ” އޭދަފުށީޓީމް މިދިޔަ 3 އަހަރު ގައުމީ ލެވެލްގައި ހޯދި ކާމިޔާބީގެ އެންމެ ބޮޑު އެއް ހިއްސާދާރު ސައްޓު ބުންޏެވެ.

ފެހެންދޫއާ މީދޫ އިއްޔެ ނައިފަރުގައި ކުޅުނު ޒޯންގެ ފައިނަލް މެޗް 3-2 ގެ ނަތީޖާއަކުން ފެހެންދޫ ކާމިޔާބު ކުރިއިރު އެމެޗްގައި ފެހެންދޫ ޓީމްގެ މައި އިންޖީނަކީ މަޖިއްޓޭއެވެ. ފެހެންދޫން އުފެއްދި ގިނަ ހަމަލަތައް އުފެއްދުމުގައި މަޖިއްޓޭގެ ތަޖުރިބާ ވަރަށްބޮޑަށް ފާހަގަކުރެވުނުކަމަށް ފެހެންދޫ ޓީމުންވެސް ވަނީ ބުނެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top