ރިވެޓްމަންޓްގެ މަސައްކަތް ކުރިޔަށްނުދާ މައްސަލަ ރައީސް ޔާމީނަށް ދަންނަވައިފި

ރިވެޓްމަންޓް ޖެހުމަށް އޭދަފުއްޓަށް ކުރިން ގެނައި ހިލަތައް ބާޖުން ބޭލުމުގެ މަސައްކަތް ކުރަނީ. ރިވެޓްމަންޓްގެ އަމަލީ މަސައްކަތް އަދިވެސްވަނީ ނުފެށި/ އީވީ ފޮޓޯ: އަބްދުލްޤައްޔޫމް

ރިވެޓްމަންޓް ޖެހުމަށް އޭދަފުއްޓަށް ކުރިން ގެނައި ހިލަތައް ބާޖުން ބޭލުމުގެ މަސައްކަތް ކުރަނީ. ރިވެޓްމަންޓްގެ އަމަލީ މަސައްކަތް އަދިވެސްވަނީ ނުފެށި/ އީވީ ފޮޓޯ: އަބްދުލްޤައްޔޫމް

އޭދަފުށީގެ ވަށައިގެން ހިއްކާފައިވާ ބިމުގެ ސަރަހައްދުގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރިޔަށްނުދާ މައްސަލަ ހައްލުކޮށްދެއްވުމަށް، އޭދަފުށީ ދާއިރާގެ މެމްބަރ އަހްމަދު ސަލީމް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއަށް ދަންނަވައިފިއެވެ.

ސަލީމް މިމައްސަލަ ރައީސަށް ދެންނެވީ މިދިޔަ ހަފްތާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެން ރައީސް ޔާމީންއާ ބައްދަލުކުރެއްވުމަށްފަހުކަމަށް ސަލީމް އީވީއަށް ވިދާޅުވިއެވެ. ސަލީމް ވިދާޅުވީ މިކަން ކުރިޔަށް ނުގޮސް ލަސްވަމުންދާދިއުން ހައްލުކޮށްދެއްވައި މަސައްކަތް ވީހާ އަވަހަކަށް ފެށުމަށް ވަރަށް އަވަހަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާނެކަމަށް ރައީސް ވިދާޅުވިކަމަށެވެ. އަދި ރިވެޓްމަންޓްގެ މައްސަލަ ދިގުލައިގެން ދިޔައީ ދިމާވި އިދާރީ މައްސަލައަކުންކަމުގައިކަމަށްވެސް ރައީސްވިދާޅުވިކަމަށް ސަލީމް ވިދާޅުވިއެވެ.

” ހަގީގަތުގައި މިދިމާވާ މައްސަލައަކީ މިކަހަލަ ބޮޑެތި ޕްރޮޖެކްޓްތަކަށް ރާއްޖެއިން ބޭރުން ހިލަމިގެންނަނީ ރާއްޖޭގައި ހިނގާ ހުރިހާ މިކަހަލަ ޕްރޮޖެކްޓްތަކަށް އެއްކޮށް. އެހެންވީމާ ދެވަނަ ފިޔަވައްސަށް ބޭނުންވާ ހިލަ މިހާރު ރާއްޖެއިން ބޭރުން ގެންނަށް މަސައްކަތް ކުރަމުންދާކަމަށް ރައީސް ވިދާޅުވީ. މާލަހެއްނުވާނެދެނެއް. އަނެއްކާ ރައީސް ވިދާޅުވި އޭދަފުއްޓަށް ހާއްސަ ސަމާލުކަމެއް ދެއްވާނެކަމަށްވެސް” ސަލީމް އީވީއަށް ވިދާޅުވިއެވެ.

ބޮސްކާލިސް އިންޓަނޭޝަނަލްއާ ހަވާލުކޮށްގެން އޭދަފުށީގެ ބިން ހިއްކައި ނިމި ރިވެޓްމަންޓް ނުޖެހި އޮންނަތާ މިހާރުވަނީ ހަތަރުމަސްވެފައެވެ. އަނެއްކޮޅުން ހިއްކި ސަރަހައްދު ރިވެޓްމަންޓް ނެތުމުން ގިރަމުންދާކަމަށްބުނެ ރަށުގެ ބައެއްމީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ

އޭދަފުށީ ކައުންސިލުން މިދިޔަމަހު ބުނީ ރިވެޓްމަންޓްގެ މަސައްކަތާބެހޭ މައުލޫމާތު ކަމާބެހޭ ފަރާތްތަކުން ލިބުން ދަތިކަމަށާ، އެކަމާ ކަންބޮޑުވާކަމަށެވެ. ރިވެޓްމަންޓް ޖެހުމަށް ބޭނުންވާ ހިލައިގެ ތެރެއިން 2 ބާޖު ހިލަ މީގެ ކުރިން އޭދަފުއްޓަށް ގެނެސްފައި އެބަހުއްޓެވެ. އެހެންނަމަވެސް ރިވެޓްމަންޓް ޖެހުމުގެ އަމަލީ މަސައްކަތެއް އަދި ނުފެށެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top