”ރަން ތާޖު“ ގެ ގްރޭންޑް ފިނާލޭ މިރޭ

aa286d0f-3954-4056-84c8-fd62d3b19d1e.jpg

އިސްލާމިކް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ ގުޅިގެން ރާއްޖެ ޓީވީން ރޯދަ މަހު ގެނެސްދޭން ފެށި ”ރަން ތާޖު“ ޤުރްއާން މުބާރާތުގެ ގެ ގްރޭންޑް ފިނާލޭ މިރޭ 8:30 ގައި އޮންނާނެ ކަމަށް އިއުލާން ކޮށްފި އެވެ.

މި މުބާރާތުގެ ގަދަ ފަސް ބައިވެރިންގެ ތެރޭގައި އޭދަފުށިން ބައިވެރިވި މުހައްމަދު މުސްތަފާ ހިމެނޭ އިރު އިތުރަށް ހިމެނެނީ ނ. ހޮޅުދޫ، މުހައްމަދު ސާއީ މުބާރިކް އާއި މާލެ، ޔައީޝް މުހައްމަދު ނިޔާޒް އާއި ފާތިމަތު ތުގާ ހަލީމް އަދި ހއ. ހޯރަފުށި އަހުމަދު ސުޖާއު އެވެ.

މުހައްމަދު މުސްތަފާ

މުބާރާތުގެ ފިނާލޭ ގެނެސް ދޭނީ ހާއްސަ ހަފުލާއެއްގަ އެވެ. އެ ހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނާއި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

”ރަން ތާޖު“ މުބާރާތު އެއްވަނަ އަށް 300،000ރ. ދެވަނަ އަށް ދާ ބައިވެރިއަކަށް 100،000ރ. އަދި ތިންވަނަ އަށް 75،000ރ. ލިބޭނެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top