އިސްލާމިކް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ ގުޅިގެން ރާއްޖެ ޓީވީން ރޯދަ މަހު ގެނެސްދިން ”ރަން ތާޖު“ ޤުރްއާން މުބާރާތު ގަދަ ފަހެއްގައި ވާދަކުރި އޭދަފުށީ ޖަންބުމާގޭ މުސްތަފާ މުޅި މުބާރާތުގެ 5ވަނަ ލިބުނު އިރު މުބާރާތުގެ ރަންތާޖު ލިބުނީ ނ. ހޮޅުދޫ މުހައްމަދު ސާއީ މުބާރިކަށެވެ.
ރަންތާޖު ޤުރްއާން މުބާރާތް ކާމިޔާބުކޮށް ރަންތާޖު ހާސިލްކުރި މުހައްމަދު ސާއީ މުބާރިކަށް އިނާމް ހަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. މުބާރާތުން ދެ ވަނަ ހާސިލް ކުރި ފާތިމަތު ތުޤާ ހަލީމަށް އިނާމް ހަވާލުކޮށްދެއްވީ ރައީސް އަނބިކަނބަލުން ފަޒްނާ އަހްމަދެވެ. މުބާރާތުގެ ތިންވަނަ ހާސިލްކުރި، ޔައީޝް މުޙައްމަދު ނިޔާޒަށް އިނާމް ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
އެއްވަނަ ބައިވެރިޔާއަށް ތިން ލައްކަ ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ އެ މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު މުބާރާތެވެ.
އެމުބާރާތުގެ އޮޑިޝަނުގައި ރާއްޖޭގެ ހަ ސަރަހައްދަކުން 111 މީހުން ބައިވެރިވިއިރު، މުބާރާތުގައި ވާދަކޮށްފައި ވަނީ 20 ބައިވެރިންނެވެ.