އޭދަފުށީ ކައުންސިލާ ބްރޯޑް ކޮމްއާއި ދެމެދު އެއްބަސްވުމެއް

402120943_748859580615060_2424053753215051520_n.jpg

އޭދަފުށީ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި ދެމެދު، ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތާ ގުޅުން ހުރި ގިނަ ދާއިރާ ތަކަކުން އެއްބާރުލުން ދިނުމަށް އެއްބަސްވެ މިއަދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ ބްރޯޑްކޮމް އިން ބ. އަތޮޅަށް މިހާރު ކުރަމުންދާ މޮނިޓަރިން ދަތުރުގައި އިއްޔެ އެވެ.

ބ. އަތޮޅު ކައުންސިލް އިދާރާގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އޭދަފުށީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިހު އެވެ. ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަންގެ ރައީސް މަރްޔަމް ވަހީދާއެވެ.

އޭދަފުށީ ކައުންސިލަކާ އެކު ކޮމިޝަނުން އެއްބާރުލުން ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތަކަކީ، ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފުޅާކުރުމަށް ކޮމިޝަނުން ކުރަމުން ކުރަމުން ގެންދާ މަސައްކަތަށާއި ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ކަންކަން ރެގިއުލޭޓް ކުރުމުގައި ކޮމިޝަނުން ކުރަމުން ގެންދާ މަސައްކަތް ތަކަށެވެ.

މީގެ އިތުރުން މި ދެ ދާއިރާއަށް އާންމުން ހޭލުންތެރިކަން އިތުރުކުރުމަށް ދެ ފަރާތް ގުޅިގެން މަސައްކަތްކުރުން ވެސް ހިމެނެ އެވެ.

ބްރޯޑްކޮމްގެ މި ދަތުރުގައި އޭދަފުށީ ކައުންސިލުގެ އިތުރުން، ތުޅާދޫ ކައުންސިލާއި ހިތާދޫ ކައުންސިލު އަދި ދަރަރަވަންދޫ ކައުންސިލާ އެކު ވެސް ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތާ ގުޅުން ހުރި ގިނަ ދާއިރާތަކަކުން އެއްބާރުލުން ދިނުމަށް ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top