ޗުއްޓީއަށް ގެނައި ބަދަލަކީ ޓީޗަރުންނަށާ، ނިޒާމަށް ލިބުނު ހެޔޮ ބަދަލެއް – ޕްރިންސިޕަލް

DSCN1280.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ،އަހްމަދު ރަފީއު - ފޮޓޯ :އީވީ

ރާއްޖޭގެ ސްކޫލްތަކުގެ ޗުއްޓީއަށް 2020 ވަނައަހަރުން ފެށިގެން ގެނައި ބަދަލަކީ މުދައްރިސުންގެ މަސައްކަތުގެ މާހައުލަށް ގެނެވުނު ހެޔޮބަދަލެއްކަމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަހްމަދު ރަފީއު ވިދާޅުވެއްޖެއެވެ.

ޕްރިންސިޕަލް ރަފީއު މިހެން ވިދާޅުވީ ދިރާސީ އާއަހަރާ ދިމާކޮށް ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މުދައްރިސުންގެ ކަންކަން ހަމަޖެހެމުންދާ ގޮތާބެހޭގޮތުން އީވީއާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ. ރަފީއު ވިދާޅުވީ ޗުއްޓީއަށް ގެނައި ބަދަލުގެ ސަބަބުން އެންމެ ބޮޑަށް ފައިދާއެއް ކުރާނީ ޓީޗަރުންނަށް ކަމަށާ، އެކަމުގެ ސަބަބުން އުފެއްދުންތެރިކަން ރަނގަޅުވާނެކަމަށެވެ.

“ޓިޗަރުންނަކީ މެޑިކަލް ކަންކަމުގައާއި، އާއިލާއާއެކު ވަރަށް ގިނައިން ރާއްޖެއިން ބޭރާ، މާލެއަށް ދަތުރުކުރާ ބައެއް. މިހާރު އޮންނަގޮތުން އަހަރުގެ ފަހުކޮޅު ހަމައެކަނި މިކަހަލަ ބޭނުންތަކަށް ޗުއްޓީ ލިބެނީ. އާބަދަލާއެކު އަހަރަކު ބޮޑު 2 ޗުއްޓީއެއް ލިބުމަކީ ވަރަށް ބޮޑަށް ސްޓްރެސް ލުއިވެފައި، މެޑިކަލް ތަކާ ކަންކަމަށް ވަގުތު ހުސްވާނެކަމަކަށް ވާނީ. އެހެންވީމާ އުފެއްދުންތެރިކަން އިތުރު ވާނެ. ރިފްރެސް ވެލަން އަހަރުގެ މެދުތެރެއިން ލިބޭ ރަނގަޅު ފުރުސަތަކަށް ވާނެ” ރަފީއު ވިދާޅުވިއެވެ.

ރަފީއު ވިދާޅުވީ ކުރިން ޗުއްޓީ އޮންނަ އުސޫލުގެ ތެރޭގައި ޓީޗަރުން މަސައްކަތުގެ ވަރުބަލިކަން އިހްސާސް ކުރެވޭ ކަމަށާ، އެކަމުގެ ސަބަބުން އުފެއްދުންތެރި ވިސްނުން ދަށްކަމަށް ފާހަގަކުރެވޭ ކަމަށެވެ.

“ކުރިން މިވާގޮތަކީ އަބަދު ސްކޫލްގައި މުޅިއަހަރު ހޭދަކޮށް ޓީޗަރުން ވަރުބަލިވާފަހުން ލިބެނީ ޗުއްޓީ. އެހެންވީމާ، ކުދިންނަށްވެސް އަޅާލުމުގައި ފަރުވާ ކުޑަކުރުމުގެ ފުރުސަތު ބޮޑުވޭ. އަނެއްކާ މަސައްކަތުގެ ފެންވަރުވެސް ދަށްވޭ”

ރާއްޖޭގެ މަދަރުސާތަކުގެ އަހަރީ ބޮޑު ޗުއްޓީ ދެބަޔަކަށް ބަހާލުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމެވީ މިދިޔަ ހަފްތާތެރޭގައެވެ.

އެމިނިސްޓްރީން ބުނީ ދިރާސީ އަހަރު ނިންމުމަށްދޭ “ބޮޑު ޗުއްޓީ” ދެ ބަޔަކަށް ބަހާލުމަށް ފަހު 2020 ވަނަ އަހަރުގެ ސުކޫލްތަކުގެ އަހަރީ ޗުއްޓީގެ ފުރަތަމަ ބައި 31 މެއި 2020 ފެށިގެން 11 ޖޫން 2020 އަދި ދެވަނަ ބައި ހައެއް ޑިސެންބަރު 2020 ފެށިގެން ހަތެއް ޖަނަވަރީ 2021 އަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަހަރީ ޗުއްޓީއަށް ގެނެވުނު ބަދަލާއެކު އެހެން ސިނާއަތްތަކާއި، އޮފީސްތަކަށްވެސް މުވައްޒިފުންނަށް އަހަރީ ޗުއްޓީ ދިނުމުގައި މިހާރު ދިމާވާ ދަތިތަކަކަށް ލުޔެއް ލިބޭނެ ކަމަށް ދެކޭ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top