ބ.އަތޮޅު ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންތަކެއް މިނިސްޓަރު އަލީ ވަހީދުގެ އިސްތިއުފާއަށް ގޮވާލައިފި

image_2awuONiTdOPD4cE.jpg

ބ.އަތޮޅުގެ ރިސޯޓެއްގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންތކެއް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އިސްތިއުފާ އަށް ގޮވާލައިފިއެވެ.

އެގޮތުން މިނިސްޓަރު އަލީ ވަހީދުގެ އިސްތިއުފާއަށް ގޮވާލާ ޝުއޫރު ފާޅުކުރުމުގެ ވީޑިއޯއެއް މިހާރު ވަނީ މީސްމީޑިއާގައި ވައިރަލްވެފައެވެ.

މި ވީޑިއޯގައި ވާހަކަ ދެއްކި މުވައްޒަފަކު ބުނަނީ މިއީ ބ.އަތޮޅު ރިސޯޓުތަކުގައި މަސައްކަތް ކުރާ ހުރިހާ މަސައްކަތްތެރިންގެ ފަރާތުން އެދޭ ކަންތައްތަކެއް ގެނެސް ދިނުމަށް ކުރަމުންދާ ކަމެއް ކަމަށެވެ. އެގޮތުން މިނިމަމް ވޭޖް ކަނޑައެޅުން އަވަސް ކުރުމަށާއި، ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ އިސްތިއުފާއަށް ގޮވާލާފައިވެ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެބޭފުޅާ ރިސޯޓް މުވައްޒަފުންގެ ސާރވިސް ޗާޖާއި ގުޅިގެން ވިދާޅުވި ބަސްފުޅަށް ރައްދުދެމުން ދަނީ ފޭކް އެކައުންޓް ތަކުން ކަމަށް ބުނެ ވިދާޅުވި ބަަސްފުޅަށް ގިނަބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ދާދިފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅުވީ ދިވެހިރާއްޖޭގެ ކީ އިންވެސްޓަރުންގެ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެކަށީގެންވާ ސާރވިސް ޗާޖެއް ލިބޭކަމަށެވެ.

އަލީ ވަހީދު މިހެން ވިދާޅުވުމާއި އެކު މީސް މީޑިޔާގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި އާންމުންގެ ތެރެއިން ގިނަބަޔަކު ދަނީ މިނިސްޓަރަށް ފާޑުކިޔަމުންނެވެ.

ފާޑުކިޔުންތަކަށް ރައްދުދެއްވަމުން މިނިސްޓަރ އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ނޫސް ކޮންފަރެންސްގައި ދެއްކި ވާހަކައިގެ އަސްލު އޮޅުވާލާތީ ހިތާމަ ކުރައްވާ ކަމަށާ ޓޫރިޒަމް އިންޑަސްޓްރީއާއި ގުޅުންހުރި ހުރިހާ ފަރާތްތަކުގެ ހައްގުތަކަށް މި ސަރުކާރުން ހަމަހަމައަށް އިހުތިރާމްކޮށް ހިމާޔަތް ކުރާނެ ކަމަށެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top