ފަންނު އެކްސްޕޯ އިން ހޮވޭ ރަން ފަސްވަނައަށް އެއް މިލިއަން ރުފިޔާގެ ލޯނެއް

Jg7jc0YGBFMStAw1MMNr.jpg

"ފަންނު އެކްސްޕޯ 2019" ލޯންޗުކޮށްދެއްވަނީ

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ފަރާތުން އަންނަ ނޮވެމްބަރު މަހުގެ 22 އިން 28 ގެ ނިޔަލަށް ބާއްވަން ނިންމާފައިވާ ފަންނު އެކްސްޕޯ އިން އެންމެ މޮޅު ފަސް ވަނަ އަށް އަންނަ ކޮންމެ ފަރާތަކަށް އެއް މިލިއަން ރުފިޔާގެ ލޯނެއް ލިބޭނޭ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އެ ލޯންތައް ދިނުމަށް ހަމަޖެހިފައިވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްފައިވާ ބޭންކް އެސްޑީއެފްސީ އިން ނެވެ.

އެކްސްޕޯގައި މިހާރު ކުރިއަށްދަނީ ވަނަތަކަށް ވާދަކުރާ ފަރާތްތަކުގެ ހުށަހެޅުންތައް ބަލައިގަތުމުގެ މަސައކަތް ކަމަށާ އެގޮތުން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަަލަށް ހުށަހެޅުންތައް ބަލައިގަންނާނެ ކަމަށް އެ މިނިސްޓްރީން ހާމަ ކުރެއެވެ.

ފަންނު އެކްސްޕޯ މިއަހަރުގެ ސެޕްޓެމްބަރު މަހު ލޯންޗުކޮށްފައިވާއިރު މި މައުރަޒު ކުރިއަށް ދާނީ ދަރުބާރުގެއާއި ކަލާފާނު ސްކޫލާއި ކުޑަކުދިންގެ ބަގީޗާގައެވެ.

މި މައުރަޒަކީ ދިވެހިރާއްޖޭގެ އިގްތިސާދުގައި ހިއްސާ ކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތަކާއި އާ އުފެއްދުންތައް އުފައްދައި ކުރިއަރުވައި އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ، ވަޅުޖެހެމުންދާ ދިވެހި އުފެއްދުންތައް ކުރިއެރުވުމަށް ހިތްވަރުދީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި، އާންމުކޮށް އެންމެންނަށް އެއްތާކުން ފެންނާނެ މާހައުލެއް ގާއިމުކޮށްދިނުމަށް ބާއްވާ މައުރަޒެކެވެ.

މި މައުރަޒުގައި 77 ގިންތިއަކުން ތަކެތި ބައިވެރިކުރެވެ އެވެ. އޭގެ ތެރޭގައި އަތްތެރި މަސައްކަތާއި، ދަނޑުވެރިކަމާއި، މަސްވެރިކަމުގެ އިތުރުން ދަތުރުފަތުރާއި، އިމާރާތްކުރުމާއި، އުފެއްދުންތެރި ކުރެހުމާއި ފަރުމާ ކުރުން ހިމެނެއެވެ.

ކާބޯތަކެއްޗާއި، ބަހުގެ އުފެއްދުންތަކާއި، ލަކުޑީގެ އުފެއްދުންތަކުގެ އިތުރުން ފެޝަން އެންޑް ޑިޒައިނިންގ އާއި، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ އުފެއްދުންތައްވެސް މި މައުރަޒުގައި ބައިވެރިކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top