އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އިނާޔަތް 10000ރުފިޔާއަށް ބޮޑުކޮށްފި

big_nR29GA53NEXX2ENDjDt4Jk6G2-876x584.jpg

ރައީސް އޮފީހުގައި މިއަދު އޮތް ކެބިނެޓް ބައްދަލު ވުން --ފޮޓޯ :ރައީސް އޮފީސް

އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް ދޭ މާލީ އެހީގެ ޕްރޮގްރާމް އިސްލާހުކޮށް އެކަނިވެރި މައިންނާއި ބަފައިންނަށް ދެ އިނާޔަތް 10،000 ރުފިޔާ އަށް ބޮޑުކުރަން  ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނޭޝަނަލް ޕްރޮޓެކްޝަން އޭޖެންސީގެ ފަރާތުން ޖެންޑާ މިނިސްޓްރީން ވަނީ އެކަނި ކުދިން ބަލަހައްޓާ މަންމައިންނާއި ބައްޕައިންނަށް ދޭ މާލީ އެހީގެ ޕްރޮގްރާމާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ކަރުދާހެއް ހުށަހަޅައިފަ އެވެ.

އެ ޕްރޮގްރާމްގެ އުސޫލަށް ގެނައި އެއް ބަދަލަކީ އެފަދަ ފަރާތްތަކުގެ ހާލަތު ކަނޑައެޅުމުގައި މިހާރު ބޭނުން ކުރާ މިނިމަން ޔުނިޓް ބަދަލު ކުރުމެވެ. މިހާރު އޮތް މިނިމަމް ޔުނިޓަކީ އެއް ތަނެއްގައި ކައްކައި ކައިބޮއި ނިދައި އުޅޭ އާއިލާއަކަށްވުމެވެ. އެގޮތް ބަދަލުކޮށްފައި ވަނީ، އެކަނި ކުދިން ބަލަހައްޓާ މަންމަ ނުވަތަ ބައްޕަގެ އާއިލާ ކަމުގަ އެވެ.

މީގެ ކުރިން އެ އުސޫލުގައި އެކަނިވެރި މަންމަ ނުވަތަ ބައްޕައަށް އެހީގެ މިންވަރު ކަނޑައަޅާފައި ވަނީ ތިބި ކުދިންގެ މައްޗަށް ބިނާކޮށް، ކޮންމެ ކުއްޖަކަށް 1000 ރުފިޔާ ހިސާބު ކުރުމަށް ފަހު މަހެއްގެ މައްޗަށް އާއިލާއަކަށް އެންމެ ގިނަވެގެން 3،000 ރުފިޔާ ލިބޭ ގޮތަށެވެ. މިއަދު ގެނައި ބަދަލުގައި ވަނީ މަހެއްގެ މައްޗަށް އާއިލާއަކަށް އެންމެ ގިނަވެގެން ދެވޭ އަދަދު 10،000 ރުފިޔާއަށް އިތުރު ކުރުމަށެވެ.

އޭގެ އިތުރުން މިހާރުގެ ހާލަތަށް ބަލައި، “އިންކަމް ތްރެޝްހޯލްޑް” ކަނޑައަޅާނީ ޖެންޑާ މިނިސްޓްރީން ކަމުގައިވެސް މިއަދު ވަނީ ކެބިނެޓުން ނިންމައިފަ އެވެ. އަދި އެކަނިވެރި މައިންނާއި ބަފައިންގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެވޭ މާލީ އެހީއާއި އެކަނިވެރި މައިންނާއި ބަފައިންނަށް ދެވޭ އިނާޔަތް ލިބޭ ގޮތަށް ހަމަޖައްސަން ވެސް ނިންމި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top