އެންމެ ސުލްހަވެރި ދީނަކީ އިސްލާމްދީން ކަމަށް ޔުނެސްކޯއިން ކަނޑައަޅައިފި

0.02.01.df5d26c9facf14aeced0ef128f2cd7895a18f369aa725d5946f17a5e94fc0c85_full.jpg

ދުނިޔޭގައިވާ އެންމެ ސުލްހަވެރި ދީނަކީ އިސްލާމްދީން ކަމަށް  އދ.ގެ ސަގާފަތާ ބެހޭ ޖަމިއްޔާ، ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަނަލް، ސައިންސް އެންޑް ކަލްޗަރަލް އޮގަނައިޒޭޗަން (އުނެސްކޯ ) އިން ކަނޑައަޅައިފިއެވެ. މި ގޮތަސް ޔުނެސްކޯއިން ކަނޑައަޅާފައިވަނީ ހަމަސްދުވަސް ވަންދެން ކުރި ދިރާސާ އަކަށް ފަހު އެންމެ ގިނަ މީހުން ތަބާވާ ދީނަކީ އިސްލާމް ދީން ކަމަށް  އެދިރާސާއިން ދައްކާތީއެވެ.

މިކަމާ ބެހޭ ގޮތުން ޔޫއެން އިން ނެރެފައިވާ ބަޔާނެއްގައި ، ޔުނެސްކޯއާއި އިންޓަނެޝަނަލް ޕީސް ފައުންޑޭޝަން އާއި ގުޅިގެން  މީގެ ހަމަސްދުވަސް ކުރިން ހަދާފައިވާ ސާވޭއެއްގެ ނަތީޖާ ދައްކާ ގޮތުން  ހުރިހާ ދީނެއްގެ އަހުލުވެރިންގެ ދިރިއުޅުމާ އެމީހުންގެ ދިރިއުޅުމާ ގުޅިފައިވާ އެހެނިހެން ކަންތަކަށް ބަލާ އިރު އެންމެ ސުލްހަވެރި ދީނަކީ އިސްލާމްދީން ކަމުގައި ބަޔާން ކޮށްފައިވެއެވެ. މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޓެރަރިޒަމާ އިސްލާމް ދީނާ ގުޅުވައިގެން ދައްކާ ވާހަކަ ތަކަކީ ހަގީގަތެއް ނޫންކަމާ އެއީ އިސްލާމް ދީނާ އެއްވެސް ގޮތަކުން ގުޅުން ހުރި ކަމެއް ނޫންކަމުގައެވެ.

“6 މަސްދުވަސް ވަންދެން ކުރި ދިރާސާތަކަށް ފަހު އިސްލާމް ދީނަކީ އެންމެ ސުލްހަވެރި، އަމަން އަމާން ކަމަށް ލޯބިކުރާ ދީން ކަމުގައި ކަނޑައަޅައިފިން.” އިންޓަނޭޝަނަލް ޕީސް ފައުންޑޭޝަނުގެ ދިރާސާތަކާ ބެހޭ އިދާރާގެ ރައީސް ޔުނެސްކޯގެ އޮފިޝަލުންވެސް ބައިވެރިވި ބައްދަލުވުމެއްގައި ބުނެފައިވެއެވެ.

އިސްލާމްދީނަކީ އެންމެ ސުލްހަވެރިކަމުގެ ދީންކަމަށް ޔުނެސްކޯއިން ކަނޑައަޅާފައިވާއިރު، އެ ޖަމްއިއްޔާ އިން ވަނީ މިކަން ފާހަގަ ކުރުމަށް ދުނިޔޭގެ ބޮޑެތި އިސްލާމީ ޖަމްއިއްޔާ ތަކަށާއި، މިސްކިތްތަކަށާއި ހަލާލު ކެއުން ވިއްކާ ތަންތަނަށް، ލިއުމެއް ދޭން ނިންމައިފައެވެ.
 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top