”ފޭލި”ޤުރުއާން މުބާރާތް ފަށައިފ

DSC_1608.jpg

ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި ) ޖަމިއްޔާގެ ފަރާތުން ކޮންމެ އަހަރެއްގެ ރޯދަމަހު ފަހުކޮޅު ބާއްވަމުން އަންނަ ގުރުއާން މުބާރާތް ރޭ ފަށައިފިއެވެ.

390 ބައިވެރިންނާއެކު ފެށި މި މުބާރާތް ކުރިއަށް ދަނީ ތިން ދަންފަޅިއަކަށް ބަހާލައިގެންނެވެ.

މި މުބާރާތް ޚާއްސަކޮށް ރަމަޟާން މަހުގައި ބޭއްވުމުގެ މަގްސަދެއްކަމުގައި ފޭލީގެ މަސްއޫލު މެންބަރަކު ވިދާޅުވީ ރަމަޟާން މަހަކީ ކީރިތި ޤުރުއާން ބާވައިލެއްވި މައްސަރު ކަމަށް ވެފައި މިފަދަ މުބާރާތެއް ބޭއްވުމަށް އެންމެ މުނާސަބު މަހަކީ މިއީ ކަމަށް ވާތީއެވެ. މިކަމުގެ ހެޔޮ ނަތީޖާ ފެންނަކަމަށާއި ބައިވެރިންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން ދިއުމަކީ މީގެ ހެއްކެއްކަމުގައެވެ. އަދި މި މުބާރާތުގެ ސަބަބުން އެތައް ބައެއްގެ ހިތުގައި ކީރިތި ގުރުއާން ހިތުން ދަސްކުރުމަށާއި ރީތި ކޮށް ކިޔެވުމުގެ ޝައުގުވެރިކަން އުފެދިއްޖެ ކަމަށާއި ވޭތުވެ ދިޔަ 14 އަހަރުން ފެށިގެން މިހާތަނާ ހަމައަށް ވަރަށް ކާމިޔާބު ކަމާއެކު މި މުބާރާތް ބޭއްވުނީ މިދެންނެވި ޝައުގުވެރިކަމުގެ ނަތީޖާއިން ަކމުގައެވެ.

މި މުބާރާތް ނިމޭނީ އަންނަ ބުރާސްފަތި ދުވަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top