އޭދަފުށީގައި ފިތުރު ޒަކާތް ބަހަން ފަށައިފ. ފަގީރަކަށް ބާރަ ހާހަށްވުރެ ގިނަރުފިޔާ

20160705_164334.jpg

އޭދަފުށީ ކައުންސިލްގެ އިދާރާ

އޭދަފުށީގައި މިއަދު ފިތުރު ޒަކާތް އޭގެ ހައްގުވެރިންނަށް ބަހަން ފަށައިފިކަމަށް އޭދަފުށީ ކައުންސިލުން ބުނެފިއެވެ.

އޭދަފުށީ ކައުންސިލް މެންބަރު މުހައްމަދުރިޒާ ވިދާޅުވީ މިއަހަރުގެ ފިތުރުޒަކާތަށް ލިބިފައިވާ 51101.00 ރ. ބެހުމުގެ ކަންތައް މިހާރު ކުރިއަށް އެބަދާކަމުގައާއި މިއަދުގެ ވަގުތެއްގައި އެކަން ނިމޭނެ ކަމުގައެވެ.

ރިޒާ ވިދާޅުވީ ފިތުރުޒަކާތުގެ ހައްގުވެރިން ކަމުގައިވާ ފަގީރުން ހޯދުމުގެ ގޮތުން ކައުންސިލުން ކުރި އިއުލާނާ ގުޅިގެން ނަން ނޯޓްކުރި މީހުންގެ ފޯމްތައް ފޮނުވާފައިވާނީ އިސްލާމިކް މިނިސްޓްރީއަށް ކަމުގައެވެ.

” އެބޭފުޅުން އެފޯމްތައް ބައްލަވާފައި ޒަކާތުގެ ހައްގުވެރިންކަމުގައި ކަނޑައަޅުއްވާފައިވަނީ އޭދަފުށިގައި ފަގީރުންގެ ގޮރުގައި މިވަގުތު ތިބީ 4 މީހުން ކަމަށް. އެހެންކަމުން އެއިން ކޮންމެ މީހަކަށް ބާރަހާސް އެއްސަތޭކައަށް ވުރެ ގިނަރުފިޔާ ލިބޭނެ. ”

އޭދަފުށީ ކައުންސިލުން ވިދާޅުވީ މިއަހަރު އޭދަފުށިން ފިތުރު ޒަކާތް ދައްކާފައިވަނީ 2918 މީހުންކަމަށާއި ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާގެ ޖުމްލައަކީ51،101ރު. ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top