ބައިލައްކަ ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންގ ޕްރޮމޯޝަނެއް

DTHyTjH67EkQHAhiwhQM5a2omrSd8oXgtz8AXRX6.jpg

ބީއެމްއެލް އިސްލާމިކްގެ ޕާސަނަލް ފައިނޭންސިން އަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް އަމާޒުކޮށް ޕްރޮމޯޝަނެއް ފެށުން.

ބީއެމްއެލް އިސްލާމިކްގެ ޕާސަނަލް ފައިނޭންސިން އަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް އަމާޒުކޮށް ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބީއެމްއެލް އިސްލާމިކްގެ ޕާސަނަލް ފައިނޭންސިންގ އަދި ޕާސަނަލް ފައިނޭންސިންގ މައިކްރޯ އަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކުގެ ތެރެއިން ޕްރޮމޯޝަންގެ މުއްދަތުގައި އެޕްރޫވަލް ލިބޭ ހުރިހާ އެޕްލިކޭޝަނެއް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިކުރެވޭނެކަމަށް އެބޭންކުން ބުނެއެވެ.

މި ޕްރޮމޯޝަންގެ މުއްދަތަކީ 2 ޖަނަވަރީން ފެށިގެން 31 ޖަނަވަރީ 2022 ގެ ނިޔަލަށެވެ.

މި ޕްރޮމޯޝަނުގެ ދަށުން ގުރުއަތުން ހޮވޭ ފަރާތްތަކަށް ކަނޑައެޅިފައިވާ އިނާމުތަކުގެ ތެރޭގައި ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް ފަސްހާސް ރުފިޔާގެ ގިފްޓް ކާޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޕްރޮމޯޝަން ނިމުމާއެކު ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް ބައި ލައްަކަ ރުފިޔާގެ ގިފްޓް ކާޑެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

ދާދި ފަހުން ބީއެމްއެލް އިސްލާމިކުން ވަނީ މުދާ ގަތުމުގެ އިތުރުން ނަގުދު ފައިސާ ލިބޭ ގޮތަށް ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ ޕޯޓްފޯލިއޯ އަށް ބަދަލު ގެެނެސްފައެވެ.

ބީއެމްއެލް ލުއި އެކްސްޕްރެސް، ލުއި ޕްރޮފެޝަނަލް އަދި ލުއި ލޯނު މިހާރު ނަގާފައިވާ ކަސްޓަމަރުންނަށްވެސް ބީއެމްއެލް ޕަރސަނަލް ފައިނޭންސިންގ ފެސިލިޓީ މެދުވެރިކޮށް ރީފައިނޭންސް ކުރެވޭނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top