ބ.އަތޮޅު ރިސޯޓެއްގައި ޝެއިޚާ ލަތީފާ, ޝާހީއާއިލާ އާއެކު ޗުއްޓީއަށް !

download.jpg

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޝާހީ އާއިލާގެ ހަ ބޭފުޅަކު ރާއްޖެ ވަޑައިގެން ބ.އަތޮޅުގައި އޮންނަ ލަގްޒަރީ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރައްވަމުން އެބަގެންދަވަ އެވެ. މި ބޭފުޅުންގެ ތެރޭގައި ޝެއިޚާ ލަތީފާވެސް ހިމެނޭ ކަމަށް ރިޕޯޓްތަކުން ހާމަކުރެއެވެ.

އެ ބޭފުޅުން ރާއްޖެ ވަޑައިގެންނެވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި އަމިއްލަ ޖެޓެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

ޝެއިހާ ލަތީފާ ރާއްޖެ ވަޑައިގެންފައި މިވަނީ އެކަމަނާ ހައްޔަރުކޮށްފައި ހުންނެވުމުން މިނިވަންކަން ގެއްލިވަޑައިގެން އަމިއްލަ ހަށިކޮޅުގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދިފައިވާ ކަމަށް މީޑިއާއަށް މިދިޔަ އަހަރު އިންޓަވިއު ދެއްވި މައްސަލަ ދުނިޔޭގެ ސަމާލުކަމަށް އައިސްފައި ވަނިކޮށެވެ.

އުމުރުފުޅުން 35 އަހަރުގެ ޝައިޚާ ލަތީފާ އަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ނައިބް ރައީސް އަދި ދުބާއީގެ ވެރިޔާ ޝައިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ދަރިކަނބަލެކެވެ. އެކަމަނާ ދުނިޔޭގެ ސަމާލުކަން ހޯއްދަވާފައިވަނީ ފެބްރުއަރީ 2018 ގައި ދުބާއީން ފިއްލަވަން ކުރެއްވި މަސައްކަތްތަކާ ގުޅިގެންނެވެ.

ދުބާއީގެ ޝާހީ އާއިލާގެ ބޭފުޅުންގެ އިތުރުން ދުނިޔޭގެ އެންމެ މަޝްހޫރު ފިލްމީ ތަރިންނާއި އެކި ކުޅިވަރުތަކުގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިން ވެސް މިވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top