ސޮނެވާ އަށް ދޫކޮށްފައިވާ މަނީޗޭންޖާ ހުއްދަ ހިފަހައްޓައިފި

bjhhjj.jpg

ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ލިބިފައިވާ ވިޔަފާރިތަކަށް އަމަލުކުރުން ލާޒިމުކުރާ ގަވާއިދުތަކާ ހިލާފުވެގެން ބ.އަތޮޅުގައި އޮންނަ ސޮނެވާފުއްޓަށް ދޫކޮށްފައިވާ މަނީ ޗޭންޖާ ހުއްދަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާތިލުކޮށްފި އެވެ.

މަތީގެންވަރުގެ ސޮނޭވާ ބްރޭންޑުގެ “ސޮނޭވާ ފުށި” އަދި “ޖާނީ” އާއިއެކު އިތުރު ހަ ރިސޯޓު ހިމެނޭ ގޮތަށް 16 ވިޔަފާރިއަކަށް ދީފައިވާ މަނީޗޭންޖާ ހުއްދަ ބާތިލް ކޮށްފައިވާކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އެމްއެމްއޭގެ ތަރުޖަމާނު މުހައްމަދު ނާސިހު ވިދާޅުވީ، އެ ހުރިހާ ތަނެއްގެ ހުއްދަ ބާތިލުކުރީ ގަވާއިދާ އެއްގޮތަށް އަމަލުނުކުރާތީ ކަމަށެވެ. އަދި ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ އަލުން ދޫކުރަން ފަށާނީ އެކަމަށް ތައްޔާރުކޮށްފައި އޮތް އުސޫލު އިސްލާހުކޮށްގެން ކަމަށް އެއެމްއޭއިން މިއަދު ބުންޏެވެ.

އެމްއެމްއޭގެ “މަނީ ޗޭންޖާ ލައިސެންސް ލިބިގެން ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކުން ކަންތައް ކުރަންވީ ގޮތުގެ ގަވާއިދު” ބުނާ ގޮތުން، އެ ހުއްދަ ބާތިލުކުރެވޭނެ އޮންނަނީ އެންމެ ހާލަތެކެވެ. އެއީ، އެ އުސޫލުގެ އަށް ވަނަ މާއްދާގައި ބުނާ ކޮންމެ މީލާދީ މަހެއްގެ ގަނެ ވިއްކި ފައިސާގެ ހިސާބުތައް ބަޔާންކުރާ ރިޕޯޓު ހުށަނާޅާ ނަމަ އެވެ.

މި ރިޕޯޓަކީ ކޮންމެ މީލާދީ މަހެއް ނިމުމުން، ޖެހިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެމްއެމްއޭ އަށް ހުށަހަޅަން ޖެހޭ ރިޕޯޓެކެވެ. މި ރިޕޯޓު ހުށަނާޅާ ޖެހިޖެހިގެން ތިން މަސް ވެއްޖެ ފަރާތެއްގެ މަނީ ޗޭންޖާ ލައިސެންސް ބާތިލުކުރުމުގެ އިހުތިޔާރު އެ އިދާރާއަށް ލިބެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top