އެންމެން މާސްްކު އަޅައިގެން އުޅެން މަޖުބޫރުކޮށްފި

IMG_20211216_175036225.jpg

ރާއްޖޭގެ ހުރިހާ ރަށެއްގެ މީހުންވެސް މާސްކު އެޅުން މަޖުބޫރުކޮށް މާސްކު ނާޅާ އުޅޭ މީހުންނާމެދު ފިޔަވަޅު އެޅުމަށް ރައީސް އޮފީހުން ފުލުހުންނަށް އަންގަވައިފި އެވެ.

ހެލްތު މިނިސްޓްރީއާއި ހޯމް މިނިސްޓްރީއަށް ކޮޕީކޮށް ރައީސް އޮފީހުން ފުލުހުންނަށް ފޮނުވާފައިވާ ސިޓީގައި އެދިފައިވަނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް މާސްކު އަޅަމުންދާކަން އިދާރާތަކުން ކަށަވަރު ކޮށްދިނުމަށެވެ.

ރައީސް އޮފީހުން މިފަދަަ އެންގުވުމެއް އަންގަވާފައި މިވަނީ ކޮވިޑް ގެ އާ ވޭރިއަންޓް އޮމިކްރޯން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުން ދިއުމާއެކު ރާއްޖޭގައިވެސް ކޮވިޑްޖެހޭ މީހުންގެ ނިސްބަތް އިތުރުވަމުންދާ ދުވަސްވަރެއްގައިކަން ފާހަގަކުރެވެއެވެ.

މިދިޔަ ޖޫން މަހުން ފެށިގެން ރާއްޖޭގައި ކޮވިޑް ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައެވެ. ނަމަވެސް ކޮވިޑުގެ ކޭސްތައް އަނެއްކާވެސް މައްޗަށް ދާން ފަށާފައިވާއިރު، އިއްޔެ އަކީ ފާއިތުވި ތިން މަހެއްހާ ދުވަހުގެ ކޮވިޑް ހާލަތަށް ބަލާއިރު، މާލެ ސަރަހައްދުން ރެކޯޑު އަދަދަކަށް ކޮވިޑަށް ޕޮޒިޓިވްވި ދުވަހެކެވެ. އެގޮތުން މާލެއިން އެކަނި 102 މީހުން ޕޮޒިޓިވްވިއިރު މުޅި ރާއްޖެއިން ޕޮޒިޓިވް ވާ އަދަދު ފާއިތުވި ތިން ދުވަހު އުޅެނީ 200 އިން މަތީގައެވެ.

ކޮވިޑުގެ ކޭސްތައް އިތުރުވަމުން ދާތީވެ، އެޗްޕީއޭއިން އަންގައިގެން އެޗްޑީސީން ހުޅުމާލޭގައި އެއްވެ އުޅުން މަނާކޮށްފައިވާއިރު، ސިޓީ ކައުންސިލުން ވަނީ ނައިޓް މާކެޓް ފަދަ ހަރަކާތްތައްވެސް މާލޭގައި ބޭއްވުން މަނާކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top