ބ.އަތޮޅު ބައެއް ރިސޯޓްތަކުން ވެސް ބިދޭސީ މުވައްޒަފުންނަށް މިނިމަމް ވޭޖް ދެނީ

anantara_kihavah_header_1920x1080.jpg

އަނަންތަރާ ކިހަވައްވިލާސް--ފޮޓޯ :އަނަންތަރާޑޮޓްކޮމް

މިއަހަރުން ފެށިގެން ރާއްޖޭގައި ވަޒިފާ އަދާ ކުރާ އެންމެންނަށް މިނިމަމް ވޭޖެއް ކަނޑައަޅައި އެކަން މިދިޔަ މަހު އިއުލާނު ކުރިއިރު މިނިމަމް ވޭޖު ކަނޑައެޅީ ބިދޭސީ މުވައްޒިފުންނަށް ނުހިމަނައެވެ.

އެހެން ނަމަވެސް ރާއްޖޭގެ ބައެއްރިސޯޓު ތަކުން ވަނީ އެ ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީންނަށްވެސް ދިވެހިންނާ އެއް ހަމައަކުން މިނިމަމް ވޭޖު ދޭން ނިންމާފައެވެ.

ބ.އަތޮޅުގައި ހިންގާ އަނަންތަރާ ކިހަވައް މޯލްޑިވްސް ރިސޯޓުން މިއަދު އެ ކުންފުނީގެ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒިފުންނަށް ފޮނުވި ނޯޓިސް އެއްގައި ބުނީ ރާއްޖޭގެ ސަރުކާރުން މިނިމަމް ވޭޖު ދިނުމަށް ނިންމީ ހަމައެކަނި ދިވެހިންނަށް ކަމަށް ވިޔަސް އެ ކުންފުނިން ރާއްޖޭގައި ހިންގާ ފަސް ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީންނަށް ވެސް ދިވެހިންނެކޭ އެއްގޮތަށް މިނިމަމް ވޭޖު ދޭނެ ކަމަށެވެ.

އަނަންތާރާ ހޮޓަލްސް އެންޑް ރިސޯޓު ކުންފުނިން ރާއްޖޭގައި ފަސް ރިސޯޓެއް ހިންގައެވެ. އެ ފަސް ރިސޯޓަކީ، ދިގު މޯލްޑިވްސް، ކިހާވައް މޯލްޑިވަސް، ނަލަދޫ ޕްރައިވެޓް އައިލެންޑް އަދި ނިޔާމަ ޕްރައިވެޓް އައިލެންޑްސް އެވެ.

އަނަންތަރާގެ އިތުރުން ވެސް ބައެއް ރިސޯޓުތަކުން ބިދޭސީންނަށް މިނިމަމް ވޭޖު ދޭން ނިންމައިފައިވެއެވެ. އޭގެ ތެރޭގައި ޖޭ ޑަބްލިޔު މެރިއޮޓް މޯލްޑިވްސް އާއި ޝުވެލް ބްލެންކް ރަންދެލި މޯލްޑިވްސް ހިމެނެއެވެ. މީގެ އިތުރުން ޔުނިވާސަލް ރިސޯޓްތަކުންވެސް ބިދޭސީންނަށް މިނިމަމް ވޭޖް ދިނުމަށް ނިންމައިފައިވެއެވެ.

މިނިމަމް ވޭޖްގެ ދަށުން ކުދި ފަންތީގެ ވިޔަފާރިތަކަށް ކަނޑައަޅާފައިވަނީ  ގަޑިއެއްގެ އިރަށް 21.63 ރުފިޔާގެ މަގުން މަހަކަށް 4،500 ރުފިޔާއެވެ. އަދި ބޮޑެތި ވިޔަފާރިތަކަށް ލަފާދިން އަދަދު ދަށްކޮށް ކަނޑައެޅި އަދަދަކީ 8،000 ރުފިޔާއެވެ.

ޕްރައިވެޓް ސެކްޓާގެ މެދު ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 33.65 ރުފިޔާގެ ނިސްބަތުން މަހެއްގެ މައްޗަށް 7,000 ރުފިޔާ ދިނުމަށެވެ. އަދި ޕަބްލިކް ސެކްޓަރުގައި ހަ ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް މަހަކަށް 7،000 ރުފިޔާ ނުވަތަ ހަ ގަޑިއިރަށްވުރެ މަދުން މަސައްކަތްކުރާ ފަރާތްތަކަށް ގަޑިއިރަކަށް 33.65 ރުފިޔާގެ މަގުން ދިނުމަށެވެ.

މިނިމަމް ވޭޖް ކަމަށް ބަލާފައިވަނީ ވަޒީފާގެ އެއްބަސްވުމުގެ ދަށުން ލިބޭ ފިކްސްޑް އެލަވަންސް އަށެވެ. އޭގެ ތެރޭގައި ފުޑް އެލަވަންސް، ރޯދަ މަހުގެ އިނާޔަތް، އިތުރުގަޑީގެ ފައިސާ، ސާވިސް ޗާޖް ނުހިމެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top