ހިލޭ ދޭ ބީއެމްއެލް ގްރާންޓަށް ހުޅުވާލައިފި

hjb.webp

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްޓާޓަޕް ގްރާންޓްގެ ދަށުން ހިލޭ ދޫކުރަން ނިންމާފައިވާ އެހީ އަށް ހުޅުވާލައިފި އެވެ.

އަލަށް ފަށާ އަދި ނުވަތަ ވިޔަފާރި ފެށިތާ އަހަރެއް އަހަރު ނުވާ ވިޔަފާރިތަކަށް އަމާޒު ކޮށްގެން މި ފުރުސަތު ބޭންކުން ހުޅުވައިލީ ތިން ވިޔަފާރިއަކަށް ސްޓާޓަޕް ގްރާންޓް ދިނުމަށެވެ. ކޮންމެ ވިޔަފާރިއަކަށް 500،000ރ. ދޭން ހަމަޖެހިފައިވާ އިރު، މިއީ އަނބުރާ ދައްކަން ނުޖެހޭ ގޮތަށް މުޅިން ހިލޭ ދޫކުރާ އެހީއެކެވެ.

ބީއެމްއެލުން ބުނީ ގްރާންޓަށް އެދުމުގެ ފުރުސަތު މި މަހުގެ 7 ވަނަ ދުވަހުގެ ހަވީރު 4:00 ހަމައަށް އޮންނާނެ ކަމަށެވެ. އެހީ ހޯދުމަށްޓަކައި ވިޔަފާރީގެ ހިޔާލަކާއެކު ޕްރޮޕޯސަލެއް ހުށައަޅަން ޖެހެ އެވެ.

ބޭންކުން ބުނީ ކޮންމެ ދާއިރާއަކުން ވެސް ވިޔަފާރި ފަށަން ބޭނުންވާ އާންމު ފަރުދުންނަށާއި ރަޖިސްޓްރީކުރި ފަހުން އެއް އަހަރު ނުވާ ވިޔަފާރިތަކަށް މި ފުރުސަތު އޮންނާނެ ކަމަށެވެ.

ގްރާންޓަށް ހޮވޭ ވިޔަފާރިތައް ބީއެމްއެލުން ހޮވާނީ އެކަމަށް ޚާއްސަ އިވެލުއޭޝަން ކޮމެޓީއަކުންނެވެ. ހޮވޭ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ދިނުމުގެ އިތުރުން ވިޔަފާރީގެ މުހިންމު މައުލޫމާތުދީ ޓެކްނިކަލް އެހީތެރިކަން ވެސް ފޯރުކޮށް ދޭނެ އެވެ.

ބީއެމްއެލް ސްޓާޓްއަޕް ގްރާންޓަށް ހޮވޭ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ދިނުމުގެ އިތުރުން ވިޔަފާރީގެ މުހިންމު މައުލޫމާތުދީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މީގެކުރިންވެސް ބީއެމްއެލުން ވަނީ ސްޓާޓްއަޕް ގްރާންޓް ފޯރުކޮށްދީފައެވެ. އަދި މި ގްރާންޓުން ފަށާފައިވާ ވިޔަފާރިތައް މިހާރު ކާމިޔާބުކަމާއިއެކު ދަނީ ކުރިއަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top